ގައިންގައަށް އަރާ ބަލިތަކުން ދިފާއުވުމަށް ވެކްސިން އުފައްދާ ތަރައްގީ ކުރުމަށް ހަރަކާތްތެރިވާ ޗައިނާގެ ބައޮފާމަސޫޓިކަލް ކުންފުނިން، ސީނޯވެކް ބައޮޓެކް ލިމިޓަޑްގެ މުވައްޒަފުންނާއި، އެ މުވައްޒަފުންގެ އާއިލާތަކަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވެކްސިން ދީފައި ވާ ކަމަށް، އެ ކުންފުނިން ބުނެފިއެވެ.

ސީނޯވެކްގެ ތަރުޖަމާނު ލިއު ޕެއިޗެންގް ވިދާޅުވީ، އެ ކުންފުނީގެ 3000 އެއްހާ މުވައްޒަފުންނާއި އާއިލާ މެމްބަރުންނަށް ކޮވިޑް-19ގެ ވެކްސިން ދީފައި ވާ ކަމަށާ، އެ އެންމެނަކީވެސް ވޮލަންޓްރީ އުސޫލުން މިކަމުގައި ބައިވެރިވި މީހުން ކަމަށެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކުރަމުންދާ

ސީނޯވެކް ކުންފުނީގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް ދީފައިވަނީ، އެކުންފުނިން ތަރައްގީ ކޮށްފައިވާ "ކޮރޯނާވެކް"ގެ ނަން ދީފައިވާ ވެކްސިނެކެވެ.

މި ވެކްސިން މިވަގުތު އޮތީ 3 ވަނަ މަރުހަލާގެ ތަހުލީލުތަކުގައެވެ. މިއީ އާންމުކޮށް ފުޅާދާއިރާއެއްގައި ވެކްސިން އުފައްދަން ފެށުމުގެ ކުރިން، ފުރިހަމަ ކުރަންޖެހޭ އެންމެ ފަހު މަރުހަލާއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކުރަމުންދާ

ޗައިނާގެ ނޭޝަނަލް ބައޮޓެކް ގުރޫޕް (ސީއެންބީޖީ) އަކީވެސް ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ އިސް މެނޭޖަރެއް ކަމަށްވާ ޝާންގް ޔިނާން ވަނީ، އެ ކުންފުނީގެ ވެކްސިން ޑޯޒް އޭނާއަށް ދީފައިވާކަން ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި ސީއެންބީޖީ ކުންފުނީގެ 150 މުވައްޒަފަކަށް ވަނީ ވެކްސިން ދީފައެވެ.

ސީއެންބީޖީގެ ވެކްސިން ފުޅާ ދާއިރާއެއްގައި ޓެސްޓު ކުރަމުންދަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ 35000 އެއްހާ ރަށްވެހިން ބައިވެރިކޮށްގެންނެވެ.