ތެލާއި ޑީސަލްގެ އަގަށް ބަދަލު ނާންނަ ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯ އިން އެހެން ބުނެފައިވަނީ މިއަދު ބައެއް މީޑިއާތަކުން ތެލާއި ޑީސަލްގެ އަގު ބޮޑުކޮށްފައިވާ ކަމަށް ހަބަރުތައް ފެތުރުވާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ ފެތުރެމުން ދަނީ ދޮގު ހަބަރުތަކެއް ކަން ފާހަގަ ކުރައްވާފައެވެ. އަދި ޒިންމާދާރު ކަމާ އެކު ނޫސްވެރިކަން ކުރުމަށް ވެސް އަމްރު ވަނީ ގޮވާލައްވާފައެވެ.
އެސްޓީއޯ އިން ބުނީ ކުރިއެކޭ ވެސް އެއްފަދައިން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 8.07 ރުފިޔާއަށް ކަމަށާއި ޑީސެލް ލީޓަރެއް ވިއްކަމުން ވިއްކަނީ 8.71 ރުފިޔާއަށް ކަމަށެވެ.
އެސްޓީއޯ އިން އެންމެ ފަހުން ތެލާއި ޑީސަލްގެ އަގު ހެޔޮކޮށްފައި ވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އެގޮތުން އޭގެކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 9.60 އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން އައީ 10.39 ރުފިޔާއަށެވެ.
ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގުވަނީ ވަރަށް ބޮޑު ތަން ދަށްވެފައެވެ.
ރައްޔިތުން އަދުގަދަކޮށ1 ބިރުދައްކަން ނުޖެހޭ ކަމެއް ނެތް.