އުރީދޫ ކަސްޓަމަރުނަށް ކްރެޑިޓް ނެތަސް ކޮންމެ ނެޓްވޯކެއްގެ ނަންބަރަކަށްވެސް މިސްޑް ކޯލެއް ދެވޭ ހިދުމަތެއް އުރީދޫ އިން މިއަދު ތައާރަފް ކޮށްފިއެވެ.

އުރީދޫން ބުނީ އުރީދޫ ޕްރިޕެއިޑް އަދި މިކްސް ޕެކޭޖް ކަސްޓަމަރުނަށް މިއަދު ތައާރަފް ކުރި ހިދުމަތާއި އެކު އުރީދޫ ކަސްޓަމަރުންނަށް ކްރެޑިޓް ބެލެންސް ނެތް ވަގުތެއްގައި މިސްޑް ކޯލެއް މެދުވެރިކޮށް ގުޅާލެވޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުން އިތުރަށް ގުޅުވާލެވޭނެ ލުއިފަސޭހަ ގޮތްތައް ތައާރަފްކުރުމަށް ކަމަށެވެ.

އުރީދޫން ބުނީ އެ ހިދުމަތާއި އެކު، ދުރުގައި ތިބި އާއިލާ އާއި ރައްޓެހިންނާ އެންމެ ބޭނުންވާ ވަގުތުތަކުގައި ގުޅާލުމުގައި އިތުރު ލުޔެއް އަނެއްކާވެސް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ހިލޭ ފޯރުކޮށްދޭ އެ ހިދުމަތް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަންއެއް ނުވަތަ އެކްޓިވޭޝަންއެއް ވެސް ބޭނުމެއް ނުވާނެ ކަމަށްވެސް އުރީދޫން ބުނެއެވެ.