ސެމްސަންގް ގެލެކްސީ ނޯޓް20 އަދި ނޯޓް20 އަލްޓްރާ، ވަރަށް ހާއްސަ އޮފާތަކާއެކު ޕްރީ ބުކް ކުރުމަށް އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ އެ ހާއްސަ އޮފާގެ ތެރެއިން ޕްރީ ބުކް ކުރާ އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒް ގެ ފޯނަކާއެކު ކޮންމެ މަހަކު 12ޖީބީ ބޯނަސް ޑޭޓާ 6 މަސް ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޕްރީ އޯޑާ ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ ނޯޓް20 އަލްޓްރާ އަކާއި އެކު ގެލެކްސީ ބަޑްސް ލައިވްއެއްވެސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށާއި ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒްގެ ފޯނެއް ޕްރީ ބުކް ކޮށްގެން އުރީދޫ ކަސްޓަމަރުންނަށް، މިހާރު ގެންގުޅޭ ސިމް، އީސިމް އަކަށް އަޕްގްރޭޑްކުރުމުގެ ފުރުސަތުވެސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

ސެމްސަންގް ގެލެކްސީ ނޯޓް20 އަދި ނޯޓް20 އަލްޓްރާ ގެ އަގުތައް:

ސެމްސަންގް ގެލެކްސީ ނޯޓް20 އަދި ނޯޓް20 އަލްޓްރާ، ޕްރީ ބުކިން އުރީދޫން ހުޅުވާލައިފައި ވާއިރު އުރީދޫން ވިއްކާ އަގުތައް / ފޮޓޯ: އުރީދޫ

މީގެ އިތުރުން އުރީދޫން ބުނީ މިއަދު ޕްރީ ބުކް ކުރުމަށް ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ ނޯޓް20 ސީރީޒް ގެ މި ފޯނުތައް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ޕްރީބުކް ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެ ކަމަށެވެ. އެގޮތުން މޫލީ މެދުވެރިކޮށް ގަތުމަށް އަށް ޒިޔާރަތް ކުރާށެވެ.

ސެމްސަންގް ގެލެކްސީ ނޯޓްގެ މި އައު ފޯނުތަކަކީ ނިއު ނޯމަލް ގެ ހާލަތާ އެކަށޭނަގޮތަށް، މަސައްކަތްކުރުމުގައި އަދި މުނިފޫހިފިލުވުމުގައިވެސް ޕަވާ ފޯނެއްގެ ގޮތުގައި ސެމްސަންގްއިން ވަނީ ސިފަކޮށްފައެވެ.