އަލިފާނުގެ ދުމުގެ އަސަރު ކުރާ ހިސާބަށް ނުދިއުމަށް ހެލްތު ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، މިވަގުތު ޖަނަވަރީމަގުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

ޖަނަވަރީ މަގުގެ ގެއެއްގައި އަލިފާން ރޯވެ ދަނީ އަނދަމުންނެވެ. އެމްއެންޑީޢެފް ފަޔާ ރެސްކިއު އިން ދަނީ އެ ސަރަހައްދުގައި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެމްއެންޑީއެފުން ވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ބުނެފައެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ 13:08 ގައެވެ. އަދި އަލިފާން ނިއްވާލާފައި ވަނީ 13:30 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އޭސީ އިންޑޯގައި އަލިފާން ރޯވެގެން ހިނގި ހާދިސާއެއް ކަމަށެވެ.

މިއަދު އަލިފާނުގެ ހާދޮިސާއެއް ހިނގާފައިވާއިރު މީގެ ދެ ދުވަސް ކުރިން ވަނީ މާލެ ސަރަހައްދުގައި ހުރި އިމާރާތެއްގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.