5 ގުނަ އާ ހަމައަށް އިތުރު ކުރެވިފައި ވާ ސްޕީޑާއި 68 ޕަސެންޓް އާ ހަމައަށް އިތުރު ޑޭޓާ ހިމެނޭގޮތަށް ރާއްޖޭގެ އެންމެ ފުރިހަމަ އަދި އެންމެ ހަލުވި އިންޓަނެޓް، އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތައް އަޕްގްރޭޑް ކޮށްފިއެވެ.

އުރީދޫން ބުނީ މިއަދު މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކާ ގުޅިގެން މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިތުރުވެ، އިންޓަނެޓް ބޭނުންކުރާ ވަރުވެސް ނުހަނު ބޮޑުތަން އިތުރުވެފައި ވާތީ އުރީދޫ މޯލްޑިވްސްގެ ތަސައްވަރާ އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންގެ ބޭނުންތައް އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތައް މިއަދު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައި ކަމަށެވެ.

އެގޮތުން އެ ބަދަލުގެ ދަށުން ސުޕާނެޓް ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ، ފަސް ގުނަ އިތުރު ސްޕީޑާއި 68 ޕަސެންޓް އާ ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށާއި އެ ބަދަލާއެކު ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކުރިޔަށްވުރެ ހަލުވިވެ، ސުޕާނެޓް އެޑޯންސްއާ އެކުވެސް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އެ ހިދުމަތާ ގުޅިގެން އުރީދޫ މޯލްޑިވްސް މެނޭޖިންގް ޑިރެކްޓާ އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ މުޅި ދުނިޔެއަށް ބަލާލިކަމުގައިވިޔަސް، ދިރިއުޅުން ކުރިއަރުވައި ކަންކަމުގައި އިތުރު ފަސޭހަކަން ގެނެސްދިނުމުގައި އިންޓަނެޓްގެ ރޯލު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށާއި އުރީދޫ އިން ދިވެހިރާއްޖޭގެ ހިދުމަތުގައި 15 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރަމުން ދާއިރު، ރައްޔިތުންނަށް އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަށް އަރުވާ ކަމަށެވެ.

މުޅި ދުނިޔެއަށް ބަލާލިކަމުގައިވިޔަސް، ދިރިއުޅުން ކުރިއަރުވައި ކަންކަމުގައި އިތުރު ފަސޭހަކަން ގެނެސްދިނުމުގައި އިންޓަނެޓްގެ ރޯލު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން. އުރީދޫ އިން ދިވެހިރާއްޖޭގެ ޚިދުމަތުގައި 15 އަހަރު ފުރުމުގެ މުނާސަބަތު އަޅުގަނޑުމެން ފާހަގަކުރަމުން ދާއިރު، ރައްޔިތުންނަށް އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަށް އަރުވަން. ހަމަ އެގޮތުގެ މަތިން، މިއަދު އަޅުގަނޑުމެންމިވަނީ ކުރިޔަށްވުރެވެސް ހަލުވި ސްޕީޑުގައި، އިތުރު ޑޭޓާ އެލަވަންސްއާއެކު ސުޕާނެޓް ޕޯޓްފޯލިއޯ އަޕްގްރޭޑްކޮށްފަ. މި ބަދަލު ގެނައުމުގެ މަގްސަދަކީ، ދުނިޔޭގެ ހާލަތާއެކު ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ އިންޓަނެޓްގެ ބޭނުންތައް ފުރިހަމަކުރުމަށް ލުއިގޮތްތައް ހޯދާދިނުން. ހަމައެހެންމެ، އޮންލައިންކޮށް ކިޔެވުމާއި، ސިއްހީ ހިދުމަތާއި، އަދި އޮންލައިންކޮށް ވިޔަފާރިކުރުން ފަދަ ޑިޖިޓަލްވަމުންއަންނަ ހިދުމަތްތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ފަހިކޮށްދިނުން
ނަޖީބް ހާން

މިއަދު ސުޕާނެޓް ޕެކޭޖްތައް ރިނިއުވެގެން ދިޔައިރު އެ ގެނެވުނު ބަދަލުގެ އިތުރު މައުލޫމާތާއި ތަފްސީލު އުރީދޫ މޯލްޑިވްސްގެ އެޕުން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

ރާއްޖޭގެ އާބާދީގެ 70 ޕަސެންޓްއަށް މިހާރު ސުޕާނެޓްގެ ހިދުމަތް ލިބޭ އިރު، ހިދުމަތް އިތުރަށް ފުޅާކުރުމަށް އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ.