އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކެއް އައްޑު އަތޮޅު ހިތަދޫ އާއި ލ އަތޮޅުގައި ހުޅުވައިފިއެވެ.

އުރީދޫން ބުނީ އެ ސެންޓަރުތައް ހުޅުވާފައި ވަނީ އިއްޔެ ކަމަށެވެ. އެގޮތުން އައްޑޫގައި ހުޅުވި ސެންޓަރު ހުންނާނީ ސ. ހިތަދޫގައި ކަމަށާއި ލ. އަތޮޅުގައި ހުޅުވި ސެންޓަރު ހުންނާނީ ގަމުގައި ކަމަށް އުރީދޫން ބުނެއެވެ.

ސ. ހިތަދޫގައި ހުޅުވި ސެންޓަރު ހުންނާނީ އެ ރަށުގެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ކައިރީގައި ކަމަށާއި އެ ސެންޓަރުން 24 ގަޑިއިރު އުރީދޫ ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

އަދި ލ. ގަމުގައި ހުޅުވި ސެންޓަރު ހުންނާނީ އެ ރަށުގެ ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގައި ކަމަށާއި އެ ސެންޓަރުން ވެސް 24 ގަޑިއިރު އުރީދޫގެ ކަސްޓަމަރުންނަށް ހިދުމްތަ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކަކީ ސެލްފް ސާވިސް ކިއޮސްކުތައް މެދުވެރިކޮށް ބޭނުން ކޮންމެ ގަޑިއެއްގައި ރިޗާޖުކުރުމާއި ބިލު ދެއްކުމުގެ އިތުރުން ކޭޝް އިން ކުރުމަށް ވެސް ބޭނުން ކުރެވޭ ގޮތައް ތައްޔާރުކޮށްފައިވާ ސެންޓަރުތަކެކެވެ.

އައްޑޫ އާއި ލ. އަތޮޅުގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ފުވައްމުލަކާއި ގދ. ތިނަދޫގައި ވެސް އުރީދޫނަ ވަނީ ޑިޖިޓަލް ސެންޓަރުތަކެއް ގާއިމްކޮށްފައެވެ.