ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ސަފާރީ ތަކުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދުމުގެ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.
ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ ސަފާރީ އުޅަނދުފަހަރުން ފުރާ ފަތުރުވެރިންގެ ޕީސީއާރް ޓެސްޓު ހެދުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ ހުޅުމާލޭގައި ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުގައި މި ސިނާއަތުގެ އެންމެހައި މަސްލަހަތުވެރިންދަނީ ސަލާމަތީ ފިޔަވަޅުތައް ތަންފީޒިުކުރުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި ކަމާބެހޭ އެހެނިހެން އިދާރާތަކާއި ގުޅިގެން މަސައްކަތްކުރަމުން ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.
އެގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ދިވެހިރާއްޖެއިން ފުރާ ފަތުރުވެރިންނަށް ބޭނުންވާ ޕީސީއާރް ޓެސްޓު ހެދުމާއި ގުޅޭގޮތުން ޝާއިރުކޮށްފައިވާ ސާކިއުލާއާއި ގުޅިގެން ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.