ކޮވިޑް-19އާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތްއިން އާންމު ސިއްހަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތަކާމެދު ހިޔާލު ހޯދުމަށް ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މަޖީލިހުން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19 ގެ ޕެންޑެމިކްއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ދިރާސާކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން މިނިސްޓްރީ އޮފް ހެލްތްއިން އާންމު ސިއްހަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްތަކާމެދު ސިއްހީ ދާއިރާގެ ކަމާގުޅޭ ބޭފުޅުންނާއި އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށް މަޖިލިހުން ވަނީ ބުނެފައެވެ.
އެގޮތުން މިހާތަނަށް ކޮވިޑް-19 އާ ގުޅިގެން އަޅުއްވާފައިވާ ފިޔަވަޅުތަކާއި، އަމަލުކުރަމުން ގެންދަވާ އުސޫލުތަކާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ގޮތުގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 13 އޮގަސްޓް 2010 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ކޮމިޓީގެ އީ.މެއިލް އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުން އެދި ދެންނެވީމެވެ.