އެއް ފަސްގަނޑަކަށް ގުޅިފައިވާ އިންޑިއާއާއި ނޭޕާލްއާއި ދެމެދު ނުތަނަވަސްވަމުން އަންނަ ބޯޑަރުގެ މައްސަލަ ހައްލު ކުރުމަށް ޑިޕްލޮމެޓިކް އިމުގެ ތެރެއިން މަޝްވަރާތައް ފެށުމަށް ތަކުރާރުކޮށް އިންޑިއާގެ ކިބައިން އެދިފައިވާނެ ކަމަށާ، ނަމަވެސް އެއިން އެއްވެސް ކަމަކަށް އިޖާބަ ދިނުމަށް މިހާތަނަށް އިންޑިއާ ފެއިލްވެފައިވާކަމަށް ނޭޕާލްގެ ހާރިޖީ ވަޒީރު ޕްރަދީޕް ޖިޔަވާލީ ވިދާޅުވެއްޖެއެވެ.
ނޭޕާލްގެ ހާރިޖީ ވަޒީރު ވިދާލުވީ މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ދުވަސްތައްވެސް އިހުތިރާމާއެކު ނޭޕާލްއިން ހުށަހަޅާފައިވާނެ ކަމަށާ، ނަމަވެސް އިންޑިއާގެ ފަރާތުން އެއްވެސް ވަރެއްގެ އިޖާބައެއް ދީފައި ނުވާ ކަމަށެވެ.
މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން ލިޕޫލޭ ލިންކް ރޯޑު އެޅުމަކީ ނޭޕާލްގެ ރައްޔިތުންގެ ހިތްތަކުގައި އިންތިހާ ނުތަނަވަސްކަން އުފެއްދި ކަމެއް ކަމަށްވެސް ނޭޕާލްގެ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ނޭޕާލްގެ ސިޔާސީ ޗާޓު އަލުން ކުރަހާ، ގާނޫނީ ހައިސިއްޔަތު ދިނީ މިދިޔަ މަހުގެ ތެރޭގައެވެ. މި އާ ޗާޓަށް ބަލާއިރު، އިސްތިރާޖީ ގޮތުން މުހިންމު ސަރަހައްދުތަކެއްގެ ގޮތުގައި ބަލަމުން އަންނަ ލިޕޫލޭއާއި، ކަލްޕާނީގެ ލިމްޕިޔަދޫރާ ހިމަނާފައިވަނީ ނޭޕާލްގެ ސަރަހައްދީ އިމުގެ ތެރޭގައި ކަމަށްވާއިރު، އިންޑިއާއިން ބުނާ ގޮތުގައި އެއީ އިންޑިއާގެ އިހުތިސޯސް ހިނގާ ސަރަހައްދުތަކެކެވެ.
އިންޑިއާއިން ސިފަކުރި ގޮތުގައި މިއީ ނޭޕާލްއިން "މަސްނޫއީ ގޮތެއްގައި ސަރަހައްދު ފުޅާކުރުމަށް" ހިންގި އަމަލެކެވެ.
އިންޑިއާއާއި ނޭޕާލް ހިއްސާ ކުރާ ސަރަހައްދީ އިމުގެ ނުތަނަވަސްކަން ބޮޑުވީ، ލިޕުލޭ ހުރަސްކޮށް، އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގް، 80 ކިލޯމީޓަރުގެ ލިންކް ރޯޑެއް، މެއި 8 ވަނަ ދުވަހު އިފްތިތާހް ކުރެއްވި ހިސާބުންނެވެ. މި ލިންކްރޯޑަކީ ނޭޕާލްގެ ސަރަހައްދީ އިމަށް އަރާފައިވާ ލިންކްރޯޑެއް ކަމަށް ނޭޕާލްއިން ކުރި ދައުވާތަކުގެ ރައްދުގައި އިންޑިއާއިން ބުނަމުންދަނީ އެއީ އިންޑިއާގެ ބައެއް ކަމަށެވެ.
އިންޑިޔާގެ ނުބައި ނުލަފާ ކަމުގެ ސަބަބުން އަވަށްޓެރިން ފަހަރަކު އަވަށްޓެރިއެއް އެދަނީ ގެއްލެމުން އިންޑިޔާއިން އެއްްވެސް އަވަށްޓެރިއަކަށް ތަރައްޤީއަށް ލާރިއެއް ނުދޭނެ ކުރަން ބޭނުންވާނީ އަޅުވެތި. ނޭޕާލަކީ އިންޑިޔާ ރުފިޔާ ބޮޑު ފޮށިތަކުގައި އުފުލައިގެން މުސާރަ ދީ އުޅުނު ޤަވްމެއް އެންމެ ފަހުން އެޖެހީ ވަރިވާން. އިންޑިޔާ ކިތައްމެ ބިޔަ ކަމުގައިވިޔަސް އަނިޔާވެރިވާން ފެށީމާ އަވަށްޓެރިޔާވެސް ޖެހޭނީ ހަށިފޮޅާލާ ހޯހޯ އޭ ބުނެލަން. ބަގްލަދޭޝް ވެސް އެންމެ ފަހު ރަތައްޤީއަށް މިސްރާބު ހިފީ އިންޑިޔާގެ އެމްބަސަޑަރަށް އެޕްއިންޓްމަންޓް ދިނީވެސް ތަރައްޤީގެ އެއްބަސްވުމުގައި ސޮއިކޮށްފައި. ޝުކުރިއްޔާ/ މަރުޙަބާ ބަގްލާދޭސްގެ މުސްލިމް އަޚުންނާއި އުޚުތުން.