އުރީދޫ 15 ވަނަ އަހަރީ ދުވަހުގައި ކަސްތަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ، 15 ވަނަ އަހަރީ ދުވަހުގެ އުފަލުގައި ކަސްޓަމަރުންގެ އަގު ވަޒަންކޮށް، ކުޑަ ހަދިޔާއެއްގެ ގޮތުން އެކުންފުނިން ހާއްސަ އޮފާތަކެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މިއަދުން ފެށިގެން ކުރިއަށް ގެންދާ އޮފާތަކުގެ ދަށުން ޕްރިޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓާ ހަމައަށް ބޯނަސް ޑޭޓާ އާއި މަންތްލީ ޑޭޓާ އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 20 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ ކަމށް އުރީދޫން ބުނެއެވެ.

ހަމައެއާއެކު އޯގަސްޓް މަހުގެ ތެރޭގައި އެކްޓިވޭޓްކުރާ މައިފައި ޑިވައިސްތަކަށް ކުރާ ރީޗާޖްތަކަށް 15 ޕަސެންޓް ބޯނަސް ޑޭޓާ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. މި އޮފާތައް އެކްޓިވޭތް ކުރަން ބޭނުންވާ ފަރާތްތަކުން މި ލިންކަށް http://ore.do/app އަށް ޒިޔާރަތް ކުރުމަށް އުރީދޫން ބުނެއެވެ.

މީގެ އިތުރުން ސާކް ގައުމުތަކަށް ކުރާ އައިޑީޑީ ފޯން ކޯލްތަކުން 15 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. މި ޑިސްކައުންޓް ހޯދުމަށް ކަންޓްރީ ކޯޑްގެ ކުރިޔަށް 011 ޖެހުމަށްފަހު ގުޅުމަށް އުރީދޫން ބުނެއެވެ. އަހަރީ ދުވަހުގެ އޮފަރ ކޮންމެތާކު ހުރެގެންވެސް ފަސޭހަކަމާއިއެކު އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭއިރު، ކަސްޓްމަރުންނަށް މުޅި އޯގަސްޓް މަހަށް މިއޮފާތައް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

"ދިވެހިންގެ ހިދުމަތުގައި މި ހޭދަކުރެވުނު 15 އަހަރުގެ ރާސްތާ އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަމުން ދާއިރު، މި ކާމިޔާބު ހޯދުމުގައި މެދުކެނޑުމެއްނެތި ކަސްޓަމަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ އެއްބާރުލުމާއި، ތަރުހީބާއި ހިތްވަރަށް ފަށްފަށުން ޝުކުރުއަދާކުރަން. އަދި ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ދުނިޔޭގެ އައު އީޖާދީ އުފެއްދުންތައް ދިވެހިންނާއި ގުޅުވާލަދީ މުޖުތަމައުތައް ކުރިއެރުވުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންއަރުވަން."
އުރީދޫ މޯލްޑިވްސް މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ހާން

2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ވަތަނިއްޔާގެ ނަމުގައި ދިވެހިންނަށް ތައާރަފްވެ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ވިއުގައަށް އުރީދޫ މޯލްޑިވްސް ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. އެގޮތުން ދިވެހިންގެ ހިދުމަތުގައި 15 އަހަރު ފުރުމުގެ އުފާ އުރީދޫ މޯލްޑިވްސްއިން މިއަދު ފާހަގަ ކުރާއިރު، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ ކުންފުނިން ވަނީ ކާމިޔާބުކަމާއެކު އެތަކެއް ގިނަ ކަންކަމެއް ފުރިހަމަކޮށްފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓާ އަދި ސީއީއޯ ނަޖީބްހާން ވަނީ އެ ކުންފުނީގެ އަހަަރީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ތަފާތު ބޮޑެތި އިންވެސްޓްތަކާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އައު އީޖާދީ ހިދުމަތްތަކެއް ތައާރަފުކޮށް، ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދީފައި ވެއެވެ. އުރީދޫގެ ތަސައްވުރާ އެއްގޮތަށް އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުގެ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކަމަށް އުރީދޫން ބުނެއެވެ.