އަޟްހާ އީދުގެ މުނާސަބަތުގައި، އުރީދޫ މޯލްޑިވްސްއިން އަނެއްކާވެސް ހާއްސަ އޮފަރއެއް ތައާރަފް ކޮށްފިއެވެ. އެމް-ފައިސާ ކަސްޓަމަރުންނަށް ހާއްސަ މި އޮފާގެ ދަށުން އެމް-ފައިސާ "ސެންޑް މަނީ" ފީޗަރ ބޭނުން ކޮށްގެން އޯގަސްޓް 3، 2020 ގެ ކުރިން ތަފާތު 5 އެމް-ފައިސާ ވޮލެޓަށް 50ރ އަށް ވުރެ މަދު ނޫން އަދަދެއްގެ ފައިސާ ޓްރާންސްފާ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް 3000ރ ލިބޭނެއެވެ.

މި ހާއްސަ ޕްރޮމޯޝަން ޖުލައި 30، 2020 އިން ފެށިގެން އޯގަސްޓް 3، 2020 ގެ ރޭގަނޑު 11:30 ހަމައަށް ކުރިއަށް ދާއިރު، ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު އޯގަސްޓް 5، 2020 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށްވެސް އުރީފޫން ބުނެއެވެ.

އެމް-ފައިސާ "ސެންޑް މަނީ" ފީޗާ އިން އެއް ވޮލެޓުން އަނެއް ވޮލެޓައް އިތުރު ޗާޖަކާ ނުލައި ލާރި ޓްރާންސްފާ ކޮށްލެވޭނެއެވެ. އީދު ދުވަހުގެ ތަހުނިޔާ އާ އެކު ދުރުގައި ތިބި އާއިލާގެ މެމްބަރުންނަށް އަދި ރައްޓެހިންނަށް އީދު ހަދިޔާއެއްގެ ގޮތުގައިވެސް ފޮނުވާލެވިދާނެއެވެ. އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާ ދެއްކުން، އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވައްޗަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދެވޭނެއެވެ.

މައި އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ ބޭނުން ކުރެވޭ ގޮތް

އެމް-ފައިސާ މެދުވެރިކޮށް ސެންޑް މަނީ ފީޗާ ބޭނުން ކުރުމަށް:

1. އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ އަށް ލޮގިން ކޮށްލާ

2. SEND MONEY ނަގާ

3. ފައިސާ ފޮނުވަން ބޭނުންވާ އެމް-ފައިސާ ވޮލެޓްގެ ނަންބަރު NEW, SEARCH ނުވަތަ SMART PAY މެދުވެރިކޮށް ހިޔާރު ކުރޭ

4. ފޮނުވަން ބޭނުންވާ އަދަދު ޖެހުމަށް ފަހު PROCEED އަށް ފިތާލާ

5. ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމަށް ފަހު ކޮންފާމް ކޮށްލާ

ފައިސާ ފޮނުވިކަމުގެ މެސެޖެއް ފައިސާ ފޮނުވި ފަރާތަށް އަދި ލިބޭފަރާތައްވެސް މެސެޖެއް ލިބޭނެއެވެ.