ބޭސް ފަރުވާއަށް އިންޑިއާއަށް މިއަދު ފުރުމަށް ހަމަޖެހިފައިވާ ބޯޓުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އާސަންދަ އިން ބުނީ ފަހުން ޕޮޒިޓިވްވި މީހާއަކީ ބަލި މީހެއްގެ އެހީތެރިއެއް ކަމަށެވެ. އަދި އެމީހާ ނަތީޖާ ފުރަތަމަ ނެގަޓިވްވި ވެފައިވާ ކަމަށާއި ނަތީޖާ އިތުރަށް ކަށަވަރުކުރުމަށް ހެދި ޓެސްޓުން އެމީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.
އެމީހާ ޕޮޒިޓިވް ވެފައިވާ ކަން އެނގިފައިވަނީ ބޯޓަށް އެރި ފަހުން ކަމަށް އާސަންދައިން ބުނެއެވެ.
އިންޑިއާއަށް މިއަދު ފުރަން އޮތް ބޯޓުން ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ބަލިމީހަކާއި ތިން އެހީތެރިން ހިމެނޭ ކަމަށް އާސަންދައިން ބުނެފައިވެއެވެ.
އާސަންދައިން ބުނީ ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެ މީހަކު ބޯޓަށް އައުމުގެ ކުރިން ޕޮޒިޓިވް ވުމާ ގުޅިގެން ބޯޓަށް ނާރާ ކަމަށެވެ. އަދި 2 މީހުންގެ އެމީހާގެ ނަތީޖާ ލިބުނު އިރު ހުރީ ބޯއްޓުގައި ކަމަށް ވެސް އާސަންދައިން ވަނީ ބުނެފައެވެ.
ރާއްޖެ ލޮކްޑައުން ކުރި ފަހުން އާސަންދައިގެ ދަށުން އިންޑިއާއަށް ވަނީ ދެ ފްލައިޓެއް ފުރާފައެވެ. އެ ދެ ފްލައިޓުން އާސަންދައިގެ ދަށުން ބޭސްފަރުވާއަށް 87 މީހަކު ވަނީ އިންޑިއާއަށް ގޮސްފައެވެ. އެއީ މިމަހުގެ 14 ވަނަ ދުވަހު 59 މީހުންނާ އެކު ފުރާފާވާ ޕްލައިޓަކާއި ރާއްޖެއިން ފުރަރަމަ ލޮކްޑައުނަށް ފަހު 28 ދިވެހިންނާއެކު ފަރުރުކޮށްފައިވާ ފްލައިޓެކެވެ.