އުރީދޫ މޯލްޑިވްސުން ދިވެހި ރާއްޖޭގެ މިނިވަން ދުވަހާއި އަޟްހާ އީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުވައި، ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ، މި އޮފަރތައް ތައާރަފް ކޮށްފައި ވަނީ މިނިވަން ދުވަހާއި އަޟްހާ އީދާއި ގުޅިގެން ލިބޭ މި ބަންދުގައި، ގޭގައި ތިބެގެން ވެސް ދުރުގައިތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އީދު ކޮމްބޯ ޕެކް

މިނިވަން ދުވަހާއި އީދުގެ މުނާސަބަތުގައި އުރީދޫގެ ހާއްސަ އޮފަތަކެއް

މި ޗުއްޓީތެރޭގައި އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އުރީދޫން ތަައާރަފްކޮށްފައިވާ އީދު ކޮމްބޯ ޕެކްގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ 1 ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލެވެ. އެންމެ 35 ރުފިޔާއަށް ލިބޭ މި ޕެކޭޖް އެކްޓިވޭޓް ކުރުމަށް #1*929* އަށް ގުޅާ ނުވަތަ ED 35 ޖަހާފަ 5555 އަށް އެސްއެމްއެސް ކުރާށެވެ. މި ޕެކް އުރީދޫ އެޕް މެދުވެރިކޮށް ވެސް އެކްޓިވޭޓް ކުރެވޭނެއެވެ.

މަގޭ ޕްލޭން އެކްސްކްލޫސިވް އޮފާ

މިނިވަން ދުވަހާއި އީދުގެ މުނާސަބަތުގައި އުރީދޫގެ ހާއްސަ އޮފަތަކެއް

މަގޭ ޕްލޭނަށް ހާއްސަ މި އޮފާގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް 3 ދުވަހުގެ މުއްދަތަށް، 3 ޖީބީ ޑޭޓާ، އެންމެ 75 ރުފިޔާއަށް ބަލައިގަނެވޭނެއެވެ. މި ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްލުމަށް އުރީދޫ އެޕަށް ލޮގް އިން ކޮށްލާ، އެޕްގެ ސެލްފް ކެއާ ސެކްޝަނުން ރިކޮމެންޑެޑް ޕެކޭޖަސް އިހްތިޔާރު ކުރެވޭނެއެވެ. އަދި ގެންގުޅޭ ނަންބަރަށް އެކްޓިވޭޓް ކުރެއްވުމަށް FOR MYSELF ޓެބް އިހްތިޔާރު ކޮށް ނުވަތަ ރައްޓެއްސަކަށް މިޕެކް ހަދިޔާ ކުރެއްވުމަށް GIFT A FRIEND ޓެބް ހިޔާރު ކުރުމަށްފަހު Magey Eid Offer ޕެކްގައިވާ (+) ފާހަގައަށް ފިތާލާށެވެ. އެއަށްފަހު CONFIRM ބަޓަނަށް ފިތާލުމަށްފަހު ފައިސާ ދެއްކުމުން މި ޕެކް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

އުރީދޫގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލާފައިވާ މި ހާއްސަ އޮފާތައް މިއަދުން ފެށިގެން އަންނަ މަހު 3 ވަނަ ދުވަހުގެ 23:59 ނިޔަލަށް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ގަނެވޭނެއެވެ.

މިކަމާ ގުޅިގެން އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސާ، ހުސެން ނިޔާޒް ވިދާޅުވީ، މި އަހަރުގެ މިނިވަން ދުވަހާއި އަޟްހާ އީދުގެ މުނާސަބަތުގައި މި ލިބޭ ބޮޑު ޗުއްޓީ ގޭގައި ފާހަގަކުރަންޖެހިފާ ވީއިރު، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް އީދުގެ އުފާވެރިކަން ހިއްސާ ކުރުމަށް ކުޑަ ހަދިޔާއެއްގެ ގޮތުގައި ތައާރަފްކުރި އޮފާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.