މިނިވަން ދުވަހުގެ ތަހިނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިސް ކުރައްވައިފިއެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި ލޮބުވެތި ރައްޔިތުންނަށް، އިހުލާސްސްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ.

އަޅުގަނޑުމެން ދިވެހިންނަކީ ހުރިހާ ގޮތަކުންވެސް މިނިވަން އަދި އުފާވެރި ބަޔެއްގެ ގޮތުގައި އަބަދަށްމެ ލައްވާށި. އާމީން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު 06:00 ހެނދުނު ވަނީ ދިދަ ނެގުނުމުގެ ރަސްމިޔާތެއްވެސް ބާއްވާފައެވެ. ދިދަ ނެގުމުގެ އިހްތިފާލުގައި ރައީސް ސޯލިހު ވެސް ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

އެރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދުދީދީ އާއި، މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އެވެ.

ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.