ރާއްޖޭގެ މިނިވަން ދުވަހާއި އަޟްހާ އީދުގެ މުނާސަބަތުގައި މޫލީ މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އަގުހުރި އެތައް އިނާމެއް ލިބޭ ޑިޖިޓަލް ކާނިވަލެއް އުރީދޫން ލޯންޗްކޮށްފިއެވެ.

މި ކާނިވަލް ކުރިއަށް ދާނީ އަންނަ މަހު 3 ވަނަ ދުވަހުގެ ނިޔަލަށް މޫލީ ޕްލެޓްފޯމުގައެވެ. ފުޅާވަމުން އަންނަ އީ ކޮމަރސް ޕްލެޓްފޯމް، މޫލީ އިން މި ތައާރަފް ކުރާ ޑިޖިޓަލް ކާނިވަލުން ވިޔަފާރިކުރާ ނަސީބުވެރި ފަރާތްތަކަށް އަގު ހުރި އެތައް އިނާމެއް ގިވްއަވޭސްގެ ގޮތުގައި ލިބިގެންދާނެއެވެ.

މޫލީ ކާނިވަލަށް ހާއްސަ ސަކްޝެއް އީ ކޮމާސް ޕްލެޓްފޯމް ގައި ހުޅުވި، އުރީދޫ ކަސްޓަމަރުންނަށް އުފާވެރި ކަމާއެކު އީދު ހަދިޔާ ގަނެ، މާލެ، ހުޅުމާލެ އަދި އަތޮޅު ތެރޭގެ ބައެއް ހިސާބުތަކަށް ޑެލިވަރ ކޮށްދެވޭނެއެވެ. މި ކާނިވަލުން ސްމާޓް ފޯން، އާއި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު، ކޮސްމެޓިކްސް އަދި ތުއްތު ކުދިންނަށް ހާއްސަ ވާހަކަފޮތުގެ އިތުރުން އެކި އުމުރުފުރާގެ މީހުންނާ ގުޅޭ ތަފާތު ތަކެތި ލިބޭނެއެވެ.

އީދު ހަދިޔާ ފޮނުވުމަށް އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކޮށް، މޫލީ ކާނިވަލް ސެކްޝަން ހިޔާރުކުރުމަށްފަހު ބޭނުންވާ ހަދިޔާ ހިޔާރުކޮށް ކާޓް އަށް އެޑް ކުރާށެވެ. އެއަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރުމަށްފަހު ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް ނުވަތަ ޑެލިވާ ކުރަން ބޭނުންވާ އެޑްރެސް ޖަހާ، އޯޑަރު ކަށަވަރު ކުރުމަށް ޕޭމަންޓް ކޮންފާމް ކުރާށެވެ.

މޫލީ ކާނިވަލުން ވިޔަފާރި ކުރާ ހުރިހާ ކަސްޓަމަރުން ލަކީޑްރޯއެއްގައި ހިމެނި، ގިވްއަވޭތަކުގެ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. ގިވްއަވޭ ޕެކްތައް މޫލީ ގައި މިހާރު ލިސްޓްކޮށްފައިވާ 18 ބްރޭންޑްއަކުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ތަކެތި، އައިޓީ ވޯލްޑް، ބްރޭންޑްލޫމް، ސީޕްރިޔާ، ޑިންޑިންކޮއެލި، ޑްރީމާސް މޯލްޑިވްސް، ކޮންފުޑް، ކަނޑުފަޅު، ލެކިއުޓް، ލި ޕާފިއުމް، ލިންކްސާވް، ޕެންހޮމް، ރީމެކްސް، ސޭވިއަސް، ދަ ސްޕޭސް، ވީސްޓޯ، ހައި ފައިވް އަދި ފުލޯކު ޓޭލްސް ހިމެނެއެވެ. މީގެ ތެރެއިން ކޮންމެ ބްރޭންޑަކުންވެސް ނަސީބުވެރި ފަރާތެއް، އެ ބްރޭންޑަކުން ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވިގެންދާނެއެވެ.

މި ކާނިވަލް އަށް ކޮންމެ ނެޓްވާކް އަކުންވެސް ވަދެ ވިޔަފާރިކޮށް، އީދު ހަދިޔާތަކާއިއެކު އީދު އުފަލާއި މަޖާ، އާއިލާ އާއި އެކުވެރިންނާއި އެކު ހިއްސާ ކޮށްލެވޭނެއެވެ. މޫލީގެ ޕާޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗްޕީއޭ ގެ އިރުޝާދުތަކާއި އެއްގޮތަށް ކަމަށް އުރީދޫން ބުނެއެވެ.