އެމް ފައިސާ ބޭނުން ކުރާ ފަރާތްތަކުން "ހަގް އީޓްސް" މެދުވެރިކޮށް ކާއެއްޗެއްސަށް އޯޑަރު ދީގެން 10 ޕަސެންޓް ކޭޝްބެކް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

500 އަށް ބުރެ ގިނަ ފްޑް އައިޓަމް ނުވަތަ ވައްތަރު ހިމެނޭ އެ ޕްލެޓްފޯމު މެދުވެރިކޮށް 150 ރުފިޔާއިން މަތީގެ ޑެލިވަރީތަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ހަގް އީޓްސް އަކީ ފުޑް ޑެލިވަރީ ޕްލެޓްފޯމެކެވެ. މާލެ އާއި ހުޅުމާލޭގެ މަޝްހޫރު ގިނަ ރެސްޓޯރެންޓުތަކުގެ ކާބޯތަކެތި ހަގް އީޓްސް މެދުވެރިކޮށް އޯޑަރުކުރުމުން ގެއަށް ޑެލިވާ ކޮށްދެއެވެ.

ހަގް އީޓްސް އެޕް ޕްލޭ ސްޓޯރާއި އެޕް ސްޓޯރުގައި މިހާރު ވަނީ ލިބޭގޮތް ހަދާފައެވެ.

މި ޕްރޮމޮޝަނުގެ ދަށުން ކާއެއްޗަކަށް އޯޑަރު ދިނުމަށް ފަހު، 10 ޕަސެންޓް ކޭޝް ބެކް ކްލެއިމް ކުރުމަށް އުރީދޫ އެމްފައިސާ އެޕްލިކޭޝަން އަށް ލޮގް އިން ވާން ޖެހޭނެއެވެ. ދެން ސްކޭން އެންޑް ޕޭ ސިލެކްޓު ކުރުމަށް ފަހު، ހަގް އީޓްސްގެ ކިޔުއާރު ކޯޑް ސްކޭން ކޮށް، އަދަދު ޖަހާށެވެ. އެއަށް ފަހު، ފޯނަށް ލިބޭ އޯޓީޕީ ޖަހާ ޕޭމަންޓް ކޮންފާމް ކުރަން ޖެހޭނެއެވެ.

އުރީދޫ އިން ބުނީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އެމްފައިސާ އަށް ރަޖިސްޓާ ވެވޭނެ ކަމަށެވެ.

އުރީދޫ އެމްފައިސާއިން ކަރަންޓް، ފެން، ފޯން ބިލުތައް ދެއްކުމާއި، ގޭހަށް އޯޑަރު ކުރުމާއި އެކިއެކި ރެސްޓޯރެންޓުތަަކުގެ ބިލަށް ފައިސާ ދެއްކުން ފަދަ ފަސޭހަތައް ލިބެއެވެ.

އެމްފައިސާ އަށް ރަޖިސްޓާ ވުމަށް އެންމެ ފުރަތަމަ އުރީދޫ އެޕްލިކޭޝަން ޑައުންލޯޑު ކޮށްލާށެވެ.