ކޮވިޑް ކޭސްއަކާ ގުޅިގެން މާލޭގެ 3 މިސްކިތެއް ޑިސްއިންފެކްޓް ކުރަމުން ދާ ކަމަށް ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، ވިޑަށް ޕޮޒިޓިވް މީހަކާ ގުޅުންހުރި 3 މިސްކިތެއް ޑިސްއިންފެކްޓް ކުރަމުންދާ ކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ޑިސް އިންފެކްޓް ކުރަމުން ދަނީ، މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން (ތޮއިބާ މިސްކިތް) އާއި، މަސްޖިދުލް އަފީފުއްދީން (ދިއްލީ މިސްކިތް) އާއި މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން (މަޖިލިސް އިދާރާ ކައިރީ ހުންނަ މިސްކިތް) އެވެ.

މި ތިން މިސްކިތް މިހާރު ބަންދުކޮށް ޑިސްއިންފެކްޓް ކޮށް ނިންމާ އަލުން ހުޅުވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ފަހު އަލުން ހުއްދަ ދިނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

މިސްކިތްތަކުގައި ނަމާދު ކުރަން ހުއްދަ ދިން ނަމަވެސް ހުކުރު ކުރަން ހުއްދަ ދިނީ 2 ހަފްތާ ފަހުންނެވެ. މިސްކިތްތައް އާންމުކޮށް ހުޅުވާލި ނަމަވެސް ގައިދުރުކަން ބަހައްޓައިގެން މިސްކިތަށް އަރާ ފޭބުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުން ދިޔަ ނަމަވެސް، މިސްކިތަށް އަރާ ފޭބުމުގައާއި ޖަމާއަތަށް ސަފު ހެދުމުގައި ގައިދުރު ކަމެއް ނުބަހައްޓައެވެ.