ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 68 ރާއްޖެއިން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި ބަންގްލަދޭޝްގެ 9 މީހުންނާއި އިންޑިއާގެ 4 މީހަކާއި ލަންކާގެ 4 މީހަކާއި ފިލިޕީންސްގެ 3 މީހަކާއި ނޭޕާލް މީހެއް ކަމަށެވެ.
މިއަދު 30 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2899 އަށް އަރާފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ބަލިން ރަނގަޅުވެފައި ވަނީ 18 މީހެކެވެ. މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅު ވެފައިވާ މީހުންގެ އަދަދު ވަނީ 2339 އަށް އަރާފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.
އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
ކޮވިޑް 19 ނިވް ނޯރމަލް އަކީ ރަގަޅު ފުރުސަތެއް ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށްވެސް. އެހެންނަމަވެސް ހިތާމަޔަކީ ޕާކްތަކުގައްޔާއި ޕަބްލިކް އޭރިއާތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއިއެކު ސައްލާކުރާން ތިބޭ މީހުން ގިނަވުން. މީގެތެރޭގައި ދިވެހީންނަކީ ބިދޭސީންނަކީ ތަފާތެއް ނެތް. ދުނިޔޭގެ ތަންތާގައި އެންމެންގެ ރައްކަލަކަށް މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުންމަނާކޮށްފައި އޮންނަނީ، އަދި އެއިގެ އިތުރަށް އެފަދަ ކަންތައް ކުރާމީހުން ޖުރިމާނާ ކުރުން ހިމެނޭ. ހިތާމަޔަކީ މިރާއްޖޭގައި ހެދިފައިވާ ޤާނޫނަކުން މިފަދަކަންތައް ހުއްޓުވޭނެ ފަދަ ޤަވާޢިދެއްނުވޭ. އެހެންތާ އެކަންވާނީވެސް. އަމުރުތައް ނެރެމުން އެފަދަ ނޭއްގާނީ ކަންތައް ކުރަމުން ދަނީ ސަރުކާރުގެ އަދި ޢާއްމު އޮފީސް ތަކުގައި މަސައްކަތް ކުރާ ޓައީ އަޅުއްވައިގެން ތިއްބަވާ ބޭކަލުންނާއި ކަނބަލުން. މިކަންތައް ކުރައްވަން ތިއްބަވަނީ ތޮއްޖެހިގެން. ދެންކިހިނެއްތޯ ވާނީ. މިބަލިފެތުރެނީ ތޮއްޖެހުމުން. މާސް ކް ނޭޅުމުން. ގައިދުރުަކަން ނުބެހެއްޓިގެން ކޮންޓެކްޓް ކުރެވޭތީ. މިކަމަށް ހައްލުގެނެވޭ ރެސްޓޯރަންޓް ކެފޭފަދަ ތަންތާގައި ސިގިރޭޓް ބޯމީހުންނަށް ވަކިތަނެއް ހުރެގެން. އެއިރަށް މަގުމައްޗަށް ނުނިކުންނާނެ. ދުވާރުމަތި ފުރާލައިގެން ނުތިބޭނެ. ބަލިއުފެދި ސްޕްރެޑް ކުރެވޭނެ ހުރިހާ ވަސީލަތެއް ދެވިފައިވަނީ ޤަވާޢިދު ދޯހަޅިވެގެން.