އިންޑިއާގެ އުތުރު-އިރުމަތީ އައްސާމް ސްޓޭޓަށް ކުރަމުންދާ މޫސޫމީ ގަދަ ވިއްސާރާގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައިފިއެވެ.

ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ހާދިސާގެ އަސަރު 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑުވެފައިވާ ފެންގަނޑު ތެރޭގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މްރިނާލް ސާއިކާ ހަރަކާތްތެރިވެވަޑައިގަންނަވާ މަންޒަރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ.

އިންޑިއާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ޔުނެސްކޯއިން ހިމަނާފައިވާ ކާޒިރަންގާ ނޭޝަނަލް ޕާކްވެސް މިހާރު އޮތި ފެނު އަޑީގައި ކަމަށް އިންޑިއާއިން ބުނެއެވެ. މި ތަނަކީ ދުނިޔޭގައި މަދުން ނޫނީ ނުފެންނަ އެ ދަޅު ލީ ރައިނޯސަރެސްގެ އާބާދީގެ 3 ބައިކުޅަ 2 ބައި ހިއްސާކުރާ ޕާކެވެ.

މި ދުވަސްވަރަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް މޫސުމީ ގަދަ ވިއްސާރަ ކުރަމުންދާ ދުވަސްވަރެވެ. އެގޮތުން ނޭޕާލްއާއި ބަންގްލަދޭޝްއިންވެސް ވަނީ ފެންބޮޑުވުމުގެ ހާދިސާތައް ރިޕޯޓްކޮށްފައެވެ.