100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އދ. އޮމަދޫއަށް ތައާރަފްކޮށްފިއެވެ.
އުރީދޫން ބުނީ، މިއަދު 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް އޮމަދޫ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އިިންޓަނެޓްގެ މުހިންމު ކަމާއި އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެފައި އޮތް ދަނޑިވަޅެއްގައި، 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފްކޮށް އދ. އޮމަދޫގެ ރައްޔިތުންނަށް އިންޓަނެޓްގެ ހިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އުރީދޫން ބުނެއެވެ.
"ދިވެހި ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނަން." އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.
އުރީދޫން ބުނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ހިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދާނެ ކަމަށެވެ. މި ހިދުމަތް ހޯދުމަށް، ނުވަތަ ސުޕަނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް، http://ore.do/getsupernet އަށް ޒިޔާރަތް ކުރުމުން ލިބިގެން ދާނެއެވެ.
ކުރިޔަށް އޮތްތަނުގައިވެސް، ރާއްޖޭގެ މުޖުތަމައުތައް ކުރިއަރުވާ، ދިވެހިން އައު ފުރުސަތުތަކަށް ގުޅުވާލަ ދިނުމުގެ މަސައްކަތް ފަސްޖެހުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށާއި އެކަމުގެ ޔަގީންކަން އަރުވާކަމަށް އުރީދޫގެ ސީއީއޯ ނަޖީބް ހާން ވަނީ ވިދާޅުވެފައެވެ.
މިއަދު އޮމަދޫއަށް ސުޕަނެޓްގެ ހިދުމަތް ތައާރަފްކޮށްފައިވާ އިރު މި މަހުގެ 9 ވަނަ ދުވަހު ލ. މާމެންދޫއަށް ވެސް އުރީދޫ ސުޕަނެޓްގެ ހިދުމަތް ވަނީ ތައާރަފްކޮށްފައެވެ.
އުރީދޫވަރެއް ނެތް! އެކަމަކު އުރީދުއަށް ނުގުޅޭތީ. ފަހުން އެކަންވެސް އެކަންވެސް ރަގަޅުވެދާނެ. ދެން ފިކްސްޑް ބްރޭންޑް ދެވިއްޖެއްޔާ ރަގަޅުވާނެ މާލޭގެ ގެތަކަށްވެސް.