އުރީދޫގެ މުވައްޒަފުންގެ ތެރެއިން އޮފީހަށް ހާޒިރުނުވެ މަަސައްކަތްތައް ކުރިއަށް ގެންދެވޭ މުވައްޒަފުން މިއަހަރު ނިމެންދެން ގޭގައި ތިބެ މަސައްކަތްކުރާ ގޮތައް ހަމަޖައްސައިފިއެވެ.

އުރީދޫ ކުންފުނިން ބުނީ ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމަށް ބާރުއެޅުމަށާއި، އުރީދޫގެ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން އެ ގްރޫޕުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އޮފީހަށް ހާޒިރުނުވެ އެ ކުންފުނީގެ މުވައްޒަފުން މި އަހަރު ނިމެންދެން މަސައްކަތް ކުރާނީ ގޭގައި ކަމަށެވެ. އެގޮތައް އަމަލުކުރަން ނިންމާފައި ވަނީ މުވައްޒަފުންނަން ފަސޭހަ، މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށްވެސް އުރީދޫން ބުނެއެވެ.

މަސައްކަތްކުރާ ކޮންޓްރެކްޓު އަދި ދާއިމީ މުވައްޒަފުންނަށް ފަސޭހަ މާހައުލެއްގައި، ގޭގައި މަސައްކަތް ކުރުމަށް މެނޭޖުމެންޓުގެ އިރުޝާދާއެކު ފުރުސަތު ދޭނެ ކަމަށާއި ކުންފުނީގެ މުވައްޒަފުންގެ ތެރެއިން، އެ މުވައްޒަފަކު މަސައްކަތްކުރާ ގައުމެއްގައި ކޮވިޑް-19 އޮތް ހާލަތަށް ބަލައި، މަސައްކަތަށް ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދޭންވެސް އުރީދޫ ކުންފުނިން ވަނީ ނިންމައިފައެވެ.

އުރީދޫގެ މުވައްޒަފަކު މަސައްކަތް ކުރަނީ / ފޮޓޯ: އުރީދޫ

އުރީދޫ ގްރޫޕުގެ ސީއީއޯ ޝައިހް ސައުދު ބިން ނަަސީރް އަލްސާނީ ވިދާޅުވީ ކޮވިޑް-19 އާއެކު އެ ކުންފުނިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް ކުރާ ދަތުރުގެ މަރުހަލާއެއް ފެށިފައިވާ ކަމަށާއި ވަށައިޖެހޭ ޑިޖިޓަލް ކަލްޗާއެއް ބިނާކުރުމުގެެ ފުރުސަތު އެ ކުންފުންޏަށް ލިބުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުންފުނިވެސް އަދި ކުންފުނީގައި މަސައްކަތް ކުރާ ގޮތްވެސް ބަދަލުވާނެ ކަމަށް ވިދާޅުވެފައި ވާއިރު، މުވައްޒަފުން، ދުރުގައި ތިބެގެން މަސައްކަތް ކުރަން ޖެހުމުން ސޯޝަލީ ޑިސްޓެންސްޑް ކަމަށް އިހުސާސްވާނަމަ، އެކަން ބަދަލުވާނެހެން، ފިޒިކަލީ ބައްދަލުވެގެން މަސައްކަތް ނުކުރިިނަމަވެސް، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އުރީދޫ އިން އެކުންފުނީގެ މުވައްޒަފުންގެ މަސައްކަތްތަކަށް ލުއި ދިނުމުގެ ގޮތުން މާޗު މަހުން ފެށިގެން އުރީދޫޫ ކުންފުނީގެ އެތައް ސަތޭކަ މުވައްޒަފުންނެއް މަސައްކަތް ކުރަމުންދަނީ ގޭގައި ތިބެގެންނެވެ.