ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝްއަށް ނިސްބަތްވާ 200 މީހަކު ފުރުވާލައިފިއެވެ.
އިމިގްރޭޝަނުން ބުނީ މިއަދު އިވެކުއޭޝަން ފްލައިޓުގައި ބަންގްލަދޭޝްގެ 200 މީހުން އެމީހުންގެ ގައުމަށް ފުރުވާލާފައިވާ ކަމަށެވެ. މިއީ މަި މަހު ރާއްޖެއިން ބޭރަށް ފުރުވާލި ބިދޭސީން ގޮވައިގެން ދިޔަ ފުރަތަމަ ފްލައިޓެވެ. މިދިޔަ މަހުގެ 13 ދުވަހެއްގެ މަތިން ވަނީ ގިނަ ބިދޭސީންތަކެއް އެނބުރި ގައުމަށް ފުރުވާލާފާއެވެ.
ރާއްޖެއަކީ ގިނަ ބިދޭސީންތަކެއް މަސައްކަތް ކުރަމުން އަންނަ ގައުމަކަށް ވީ އިރު މިހާތަނަށް 5000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރަށަށް ފުރުވާލާފައެވެ.
- 2 ޖޫން - ބަންގްލަދޭޝް 200 މީހުން
- 3 ޖޫން - އިންޑިއާގެ 171 މީހުން
- 4 ޖޫން - އިންޑިއާގެ 171 އަދި ޔޫރަޕްގެ 29 މީހުން
- 5 ޖޫން - ބަންގްލަދޭޝް 200 އަދި އިންޑިއާގެ 700 މީހުން
- 6 ޖޫން - ބަންގްލަދޭޝް 265 މީހުން14 ޖޫން - އިންޑިއާގެ 171 މީހުން
- 16 ޖޫން - ބަންގްލަދޭޝް 200، އިންޑިއާގެ 156 އަދި ނޭޕާލްގެ 14 މީހުން
- 9 މީހުން19 ޖޫން - ބަންގްލަދޭޝް 200، އަދި ނޭޕާލްގެ 156 މީހުން
- 20 ޖޫން - އިންޑިއާގެ 339 މީހުން
- 21 ޖޫން - އިންޑިއާގެ 198 އަދި ސްރީލަންކާގެ 292 މީހުން
- 22 ޖޫން - އިންޑިއާގެ 169 އަދި ނޭޕާލްގެ 156 މީހުން
- 23 ޖޫން - ބަންގްލަދޭޝް 200، އިންޑިއާގެ 170 އަދި ނޭޕާލްގެ 143 މީހުން
- 28 ޖޫން - އިންޑިއާގެ 171 ، ބަންގްލަދޭޝްގެ 200 މީހުން
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މީހުން ގައުމަށް ފޮނުވުމަށް ހާއްސަ ފްލައިޓުތައް ދަނީ ބާއްވަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ ޗާޓަރު ދަތުރުތައް ބައެއް ގައުމުތަކަށް ކުރަމުން ދާއިރު، އެކި ގައުމުތަކުން ދަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންދިޔުމަށް ފްލައިޓުތައް ބާއްވަމުންނެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް 1500 މީހުން އެ ގައުމަށް އަނބުރާ ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ކުރިޔަށް އޮތް ތިން މަސް ތެރޭގައި ބަންގްލަދޭޝްގެ 5000 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެފައެވެ.