ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު އަލުން ހުޅުވާލި ނަމަވެސް މިއަދު ހުކުރު ނަމާދު މިސްކިތްތަކުގައި ނުކުރަން ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން އިލްމުވެރިން މަޝްވަރާ ކުރުމަށްފަހު ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ ހުކުރު ނަމާދު ނުކުރަން ނިންމީ އެއްވެސް ހާލެއްގައި އޭނާގެ އަމިއްލަ ރައުޔު އަކަށް ނުވަތަ ޑރ. މުހައްމަދު އިޔާޒުގެ ރައުޔު އަކަށް ނޫން ކަމަށެވެ. އަދި އެ ނިންމުން ނިންމީ 30 ވަރަކަށް އިލްމުވެރިން ތިބި ކޮމެޓީއަކުން ކަމަށް ޝެއިހް ޒައިދު ވިދާޅުވިއެވެ. އަދި މިއަދުގެ ހުކުރު ކެންސަލް ކުރީ ގިނަ އިލްމުވެރިންތަކަކަށް އެކަން އެގޮތަށް ކުރަން ފެނިވަޑައިގަތުމުން ކަމަށް ޒައިދު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި ނިންމުން ނިންމާފައި ވަނީ ހުކުރު ނަމާދަކީ ގިނަ އަދަދެއްގެ މީހުން އެއްތަންވެ ގިނަ ވަގުތު ހޭދަވާ ޖަމާއަތަކަށް ވުމުން ކަމަށެވެ. އަދި މިއީ މަރުހަލާތަކަކަށް ބަހަލައިގެން އާންމު ހާލަތަށް ލުއިތަކެއްދީ އެ ލުއިތަކުގެ ސަބަބުން ބަލިމަދުކަން ފެތުރޭ ގޮތް ދިރާސާކޮށް ދެނެގަނެ އޭގެ މައްޗަށް ބިނާކޮށް އިތުރު ނިންމުންތަކެއް ނިންމަންޖެހޭ ހާލަތެއް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އަދިވެސް ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަން އޮތްކަމަށް ޑޮކްޓަރުން ލަފާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހުކުރު ނަމާދު ނުކުރަން ނިންމީ އިސްލާމްދީނުގައި އައިސްފައިވާ ޝަރުއީ ގަވާއިދުތަކާ ހަމަތަކަށް ރިއާޔަތްކޮށް އިލްމުވެރިންގެ ލަފައާއެކު ކަމަށެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިދިޔަ މާޗް 18 އިން ފެށިގެން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރޭ މަޣްރިބް ނަމާދުން ފެށިގެން ވަނީ މިސްކިތްތަކުގައި ޖަމާއަތް ހަދަން ފަށާފައެވެ. ޖަމާއަތް ހެދުމަށް ހުއްދަ ދިނީ ޖަމާއަތަށް ދާ މީހުންނާއި އިމާމުން ސަމާލުކަންދޭން ޖެހޭ ކަންތައްތަކާވެސް އެކުއެވެ.
އިމާމުން ސަމާލުވާންވީ ކަންކަމުގެ ތެރޭގައި ބަންގިއަށް ފަހު ފަސް މިނެޓް ތެރޭގައި ގަމަތްދީ ނަމާދު ފެށުމާއި އެއްވެސް ނަމާދެއް ހަތް މިނެޓަށްވުރެ ދިގު ނުކުރުމާއި ހުރިހާ ނަމާދެއްގައި ވެސް ސޫރަތުލް ފާތިހާ ފިޔަވައި ޟުހާ ސޫރަތުން ތިރީގެ ސޫރަތްތައް ކިޔެވުން ހިމެނެއެވެ.
ޖަމާއަތަށް ދާ މީހުން ސަމާލުކަންދޭން ޖެހޭ ކަންތައްތައް އިސްލާމިކް މިނިސްޓްރީން ބުނީ ގެއިން ވުޟޫކޮށްގެން ދިޔުމަށާއި، މުސައްލަ ގެންދިޔުމާއި، އެމީހެއްގެ މުސައްލަމަތީ ނޫނީ ނަމާދު ނުކުރުމަށެވެ. އަދި މާސްކް އެޅުމާއި، މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެެއްޓުމާއި ބަލި މީހުން މިސްކިތަށް ނުދިއުމުގެ އިތުރުން ނަމާދު
އަލީ ޒައިދުމެން އަދިވެސް ވަރަށް އާ ކޮށް އުޅޭ ކަން މީގެއިން އިގެނީ. ޔަހޫދީންނަ ކީ މުސްލިމުންތެރެއަށް އައިސް މުސްލިމުންގެ އަތުން މުސްލިމުންގެ ކަރުބުރި ކުރުވާ ބައެއް. އެހެންވެ ޔަހޫދީންގެ ޝަރުތުވެސް ހަމަވާނީ. އަލީ އޭގެ ތެރޭގައި ތިބި ދެފުށަށް ބަދަލުވާ ގޮތައް ތިބޭ މީހުން މިފޮނުވަނީ ޒައިދުމެންގެ ބޮލަށް އެރެން. އެއްޗަ ކީ އެ ކައްޗެއް. އޭގެ އެއްޗެއް ސޯލިހަ ކީވެސް. ޒައިދުމެން ލައްވާ އެގަނޑު ގަނުވާފައި އެންމެން އެއް ކޮށް ކަރުދިގު ތަށި ތަ ކުގައި ސޫލާ ޝަރާބް ހިއްޕަވާނީ. ދެން ފޮރުވިގެން ތިބެ ފަލީހަތް ކުރުމުގެ ކަން ކަން ވެސް ހިންގާނީ އެމީހުން. ޒައިދުމެން ބޮ ކި ނުދިއްލުނަސް ސިޔާސީ ކުޅެވޭ ކަމަށް ހީ ކޮށް އުޅޭ.