ތ. އަތޮޅުގައި އޮންނަ ކޮމޯ މާލިފުށި ރިސޯޓުން ފުރައިގެން ދަތުރު ކުރަމުން ދަނިކޮށް އެރިސޯޓުގެ ކުޑަ ލޯންޗެއްގައި ރޯވެ 2 މީހަކު ފިހިއްޖެއެވެ.

ފުލުހުން ބުނީ، ފިހުނު ދެމީހުންނަށް ރިސޯޓުގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ.

ލޯންޗުގައި އަލިފާން ރޯވެފައި ވަނީ މަލިފުށިން ފުރައިގެން މާލެއަށް ދަތުރު ކުރި މަގުމަތީގައި ތ. ގުރައިދުއަށް ޖައްސަން ދަނިކޮށް ކަނޑުމަތީގައެވެ.

ލޯންޗުގައި ރޯވެ އެއްކޮށް އަނދާފައި ވާއިރު، ލޯންޗުން 6 މީހަކު ދަތުރު ކުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 2 މީހަކު ފިހުނު ނަމަވެސް 4 މީހަކަށް ކަމެއް ނުވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ލޯންޗުގައި ރޯވި އަލިފާން ނިއްވާމީ ފުލުހުންނާއި މާލިފުށި ރިސޯޓުގެ މުވައްޒަފުންނެވެ.