ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީައެއްގައި އަންހެނަކަށް ޖިންސީ ގޯނާކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ފަތިހު 5:00 ހާއިރު ފުލުހުންނަށް ހުށަހާޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ކުށުގެ ވެށިން 39 އަހަރުގެ ދެ ދިވެހި ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށާށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހުޅުމާލެ ކައިރީ އާޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާއިރު، ދާދި ފަހުން މާލޭ ގެސްޓްހައުސް އެއްގައި ވެސް ވަނީ 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްފައެވެ. 11 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލާގެ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައި ވަނީ ކުއްޖާ ގްރޫމް ކޮށްގެން (އެކަމަށް ތައްޔާރު ކުރުވައިގެން ކަމަށް) އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި، ހއ. ބާރަށް، ސިލްސިލާގެ އަނީސް ހިލްމީ ވަނީ މިމަހު 12 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.