އުރީދޫ މަގޭ ޕްލޭންގެ ހާއްސަ އެކްސްކްލޫސިވް އޮފާތަކެއް ތައާރަފް ކޮށްފިއެވެ.

އުރީދޫން ބުނީ މަގޭ ޕްލޭންގެ އެ އޮފާ ޕެކޭޖްތައް ލިބޭނީ ހަމައެކަނި މަގޭ ޕްލޭންގެ ކަސްޓަމަރުންނަށް ކަމަށެވެ. އަދި އެ އޮފާ އަކީ މުޅި އަހަރަށް ބަހާލައިގެން ކޮންމެ މަހަކު ބަދަލުވާ ގޮތައް ކުރިއަށް ދާނެ އޮފާތަކެއް ކަމަށެވެ.

އެގޮތުން މި ހިނގާ ޖޫން މަހަށް ހާއްސަ ޕްލޭންގައި ހިމެނޭ ކަންތައްތަކަކީ:

  • މަގޭ ޕްލޭން ފަން ފްރައިޑޭ: 75 ރުފިޔާ އަށް 5 ޖީބީ، 24 ގަޑިއިރައް
  • ދުވާލަކަށް 1 ޖީބީގެ ޕެކޭޖެއް 40 ރުފިޔާއަށް
  • ހަފްތާއަކު 7 ދުވަހަށް 3 ޖީބީގެ ޕްކޭޖެއް 150 ރުފިޔާއަށް
  • ޑޭޓާ 800 އަދި ޑޭޓާ 1100 ޕްލޭނުން 2 ގުނަ އިތުރައް ޑޭޓާ. (އެއީ 34 ޖީބީ 880 ރުފިޔާއަށް އަދި 50 ޖީބީ 1100 ރުފިޔާއަށް)

އުރީދޫ މޯލްޑިވްސްއިން ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި ހާއްސަ ފައިދާތަކާ އެކު، މުޅިން އާ ޑޭޓާ ޕްލޭންތަކެއް ތައާރަފް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހެވެ. އެއީ މަގޭ ޕްލޭންގެ ދަށުން މަންތްލީ، ވީކްލީ އަދި ޑެއިލީ ޑޭޓާ ހިމެނޭގޮތަށެވެ.

އުރީދޫ އަކީ އެތާނގެ ގިނަ ކަސްޓަމަރުންނަށް ފަސޭހަވާގެ ގޮތް ގޮތަށް އެކިއެކި އޮފާތައް ތައާރަފު ކުރާ ކުންފުންޏެވެ. އަދި ކޮވިޑާ ގުޅިގެން ރާއްޖެއަށް ދިމާވި ހާލަތުގައިވެސް އުރީދޫ އިން ވަނީ މޮބައިލް އަދި ޑޭޓާ ކަސްޓަމުންނަށް ގިނަ ލުއިތަކެއް ދީފައެވެ.