މިއަދު ކޮވިޑް-19 އަށް އިތުރު 26 މީހަކު ޕޮޒިޓިިވެވެ، 7 މީހަކު ރަނގަޅު ވެއްޖެއެވެ.
އެޗްޕީއޭން ހާމަކޮށްފައިވާ ގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ 26 މީހުންނެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2120 އަށް އަރާފައެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 1677 އަށް އަރާފައެވެ. އަދި މިވަގުތު ބަލި ޖެހިފައިވަނީ 433 މީހުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 16 މީހަކާއި ނޭޕާލަށް ނިސްބަތްވާ ތިން މީހުން އަދި އިންޑިއާގެ ތިން މީހެއްގެ އިތުރުން ލަންކާ މީހެކެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 2120 ކޭސް ފެނިފައި ވާއިރު، ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 1677 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ ދެ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އެގޮތުން ދެ މަސް ވުމުން ސަރުކާރުން ވަނީ ލޮކްޑައުން އަށް ގިނަ ލުއިތަކެއް ދީ، އާންމުންނަށް ހެނދުނު5:00 އިން ރޭގަނޑު 10:00 އާ ދެމެދު ހުއްދައަކާއި ނުލާ ބޭރުގައި އުޅުމަށް ހުޅުވާލާފައެވެ.