ވީޑިއޯ މެދުވެރިކޮށް ފުލުހުންގެ އިހުސާސްތައް އާންމުންނަށް ހިއްސާކޮށްފިއެވެ.
ފުލުހުން ހަދާފައިވާ އެ ވީޑީއޯގައި ބުނާ ގޮތުގައި ދިވެހި ގައުމާއި ރައްޔިތުންގެ ހިމާޔަތުގައި އެންމެ ކުރީ ސަފަށް ނިކުތުމަކީ ފުލުުހުންނަށް ލިބޭ ޝާރަފަކާއި ފަހުރެކެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މި ދަނޑިވަޅުގައި ފުލުހުން ތިބީ އެ މީހުންގެ އާއިލާއާއި ލޯބިވާ މީހުންނާ ދުރުގައި ރާއްޖޭގެ ރައްޔިތުންނަށް އެބައެއްގެ އާއިލާއާ އެކު އުޅޭނެ ފުރުސަތު ފަހި ކޮށް ދިނުމަށް ކަމަށް އެ މެސެޖުގައި ބުނެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިޖްތިމާއީ ގައިދުރުކުރުމުގެ މުހިއްމުކަން އަންގައިދީ ބޭރުގައި އުޅޭ އިރު ރައްކާތެރިވުމަށް ބަލަންޖެހޭ ކަންކަމަށް ރައްޔިތުން އަހުލުވެރި ކުރުވަމުން ދަނީ އެއްވެސް ފޫހިކަމެއް އަދި ވަރުބަލިކަމެއް ނެތި ކަމަށް އެ މެސެޖުގައި ބުނެއެވެ. ހަމައެއާއެކު އެއްގަމާއި ކަނޑުގައި ވަކި މޫސުމަކަށް ބެލުމެއް ނެތި ފުލުހުން ދައްކަމުން ދިޔަ ހިތްވަރުގަދަ ނަތީޖާއިން ގިނަ ބަޔަކަށް ރައްކާތެރިކަން ލިބިގެން ދިޔަ ކަމުގެ އިހުސާސް ފުލުހުންނަށް ކުރެވުނު ކަމަށް ވެސް ބުނެއެވެ.
ހަމައެއާއެކު މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްޔިތުންނަށް ބިރުވެރިކަން ގެނުވާ ފަދަ ކުށްތައް ހުއްޓުވުމަށް އަބަދުވެސް ފާރަވެރިވެގެން ތިބޭނެ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ފުލުހުންގެ ތެރެއިން ބައެއް ފަރާތްތައް ކޮވިޑްގެ ޝިކާރައަކަށް ވެގެން ދާއިރު ވެސް ފުލުުން ތިބީ ސާބިތު ކަމާއެކު ރައްޔިތުންގެ ހިދުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.
މި ވަގުތު ފުލުހުން ތިބީ އާއިލާއާއި ދުރުގައި ކަމަށާއި އަދި އާއިލާ އެންމެންގެ މަތިން ވަރަށް ހަނދާންވާ ކަމަށް އެ މެސެޖުގައި ބުނެއެވެ. އަދި ދިވެހި ރައްޔިތުން އެދޭ ފަދައިން ފުލުހުންވެސް އެދެނީ އަވަހަށް މި ބަލިމަޑުކަމުން ސަލާމަތްވެ ކުރީގެ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ފުލުހުނަށް ދޭ އެއްބާރުލުމަށް އެ ފަރާތުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.
ކޮވިޑް-19 އާ ގުލީގެން ފުލުހުން ތިބީ ގެއަށް އާއިލާ ކައިރިއަށް ނުގޮސް މި ދަނޑިވަޅުގައި ގައުމަށްޓަަކއި ހިދުމަތް ކުރުމަށް ނުކުމެ އެންމެ އިސްސަފުގައެވެ. ރާއްޖެއިން މި ބަލި ފެނި ލޮކްޑައުންގެ ހާލަތަށް މާލެ ސަރަަހއްދު ދިއުމާ ގުޅިގެން ފުލުހުން ވަނީ ރެއާ ދުވާލު ކެނޑިނޭޅި މާލޭގެ އެޗްޕީއޭގެ އެނގުމާ އެއްގޮތަށް އާންމުން އަމަލު ކުރަމުންދޭތޯ ބަލާ، އާންމުނަނށް ރައްކާތެރިކަން ހޯދައި ދިނުމަށް މަސައްކަތް ކޮށްފައެވެ.
ދިވެހިއެއްމެހާ ސިފައިންނާއި ޕޮލިހުން ދިވެހި އެންމެހާ ރައްޔިތުންގެ ހައްގުގައި ވަމުންދާ މަތިވެރި ޤުރުބާނީއަށް ހައްޤު ޝުކުރު ވަރަށް އިޚްލާސްތެރި ކަމާއެކު ދަންނަވަން އަދި ތިގޮތުގައި ސާބިތުވެ ތިބުމުގެ ތައުފީޤް ދެއްވުން އެދި ދުޢާކުރަން ޝުކުރިއްޔާ އެއްމެހާ ދިވެހި ސިފައިންނާއި ޕޮލިހުން
ދިވެހިރަތްއިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ ފުލުހުންނާއި ސިފައިން އެކުރައްވާ އަގުހުރި މަސައްކަތް ޚިތުގެއަޑިން ބަލާގަނެ އެފަރާތްތަކައް ޝުކުރު ދަންނަވަމެވެ. ފަށްފަށުން ޝުކުރިއްޔާ