ޓޫރިޒަމް ހުއްޓި ބޭރު ފައިސާ ލިބުން ދަތިވުމާ އެކު ރާއްޖޭގެ ޔޫސަބަލް ރިޒާވް 270 މިލިއަން ޑޮލަރަށް ވުރެ ދަށަށް ވެއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު މިނިމަމް ވޭޖް ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މިނިމަމް ވޭޖުގެ ގޮތުގައި މިވަގުތު ބިދޭސީންނަށް ފައިސާ ދިނުމަކީ ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ދާނެ ކަމެއް ކަމަށާއި އެކަމަށް 270 މިލިއަން ޑޮލަރު ބޭނުންވާއިރު މިހާރުވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވްގައި އެ އަދަދު ހަމަނުވާނެ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، މިނިމަމް ވޭޖް ތަންފީޒު ކުރުމުގައި ދިވެހިންނާއި ބިދޭސީން ތަފާތު ނުކުުރުމަށް ޕޭ ކޮމިޝަނުން ލަފާދީފައިވާ ކަމަށެވެ. އެހެންކަމުން މިނިމަމް ވޭޖް އެގޮތަށް ކަނޑައަޅައިފިނަމަ ރާއްޖެއިން ބޭރުވެގެން ދާ ބޭރު ފައިސާ އަނެއްކާ ވެސް އިތުރުވެގެން ދާނެ ކަމަށާއި 6400 ރުފިޔާގެ މިންގަނޑުން މިނިމަމް ވޭޖް ދީފި ނަމަ 270.8 މިލިއަން ޔޫއެސް ޑޮލަރު ރާއްޖެއިން ބޭރުވެގެން ދާނެކަމަށް ސާވޭއިން ދައްކާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭރު ފައިސާ ލިބެމުން ދިޔަ ޓޫރިޒަމް އެކީ ހުއްޓިފައި ވާތީ މިވަގުތަކީ ރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތި ދުވަސްވަރެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރުވެސް ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައަޅަން ބުއްދިވެރި ކަމަށެވެ. އަދި ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ވަރަށް ވިސްނާފައި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަށް އޭނާ ތާއިދު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަން ކުރެވެން އޮތީ މި އަހަރުގެ ޖެނުއަރީގައި ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް އަނބުރާ ދެވުނު ދުވަހަކުންނެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީގައި އޮތް ހިސާބަށް ރާއްޖޭގެ އިގްތިސާދަށް ދެވޭނެ ކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވުން ވަނީ، 29.1 މިލިއަން ޑޮލަރު މަދުވެ، 201.4 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ)އަށް ދަށްވެފަ އެވެ. މިއަހަރު ފެށުނު އިރު ދައުލަތުގެ ރިޒާވް ހުރީ، 311.3 މިލިއަން ޑޮލަރުގައެވެ.
ރާއްޖެޔަށް ދޭހާ އެހީ ބަނޑު އަޅަނީ ސަރު ކާރުން. އެ ކަމް ވާހަކައިން ހަމައެ ކަނި ކަނީ ޔާމީން
ދެން ކޮބައޮތޯ އެހީއާއި ނޯނުގެގޮތުގައި ނެގުނު ޑޮލަރުތަށް؟