ބައްޕައިންގެ ދުވަހު މޫލީ މެދުވެރިކޮށް 'ސުޕަ ޑޭޑް' އަށް ހަދިޔާ ފޮނުވުމުގެ ފުރުސަތު ހުޅުވަލައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބައްޕައިންގެ ދުވަހަ ދިމާކޮށް ހާއްސަ އޮފާއެއް ހުޅުވާލީ މިމަހު 14 އިން މިމަހު 17ގެ ނިޔަލަށެވެ. އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮފާގައި "ގިފްޓްސް ފޯ ސުޕަ ޑޭޑް" ކެޓަގަރީން އައިޓަމްތައް އަގުހެ ޔޮކޮށް ލިބެން ހުންނާނެއެވެ.

މި އޮފާގެ ދަށުން، އުރީދޫގެ އެޕްލިކޭޝަންގައި ބައްޕައިންނަށް ކަމުދާ ހަދިޔާތައް އެކުލެވޭ ހާއްސަ ކެޓަގަރީއެއް ވެސް ވަނީ ހިމަނައިފައެވެ. މި ކެޓަގަރީގައި އިލެކްޓްރޯނިކް ޑިވައިސްތަކާއި ގެޖެޓުތަކުގެ އިތުރުން ގަޑި އާއި އައިނު ފަދަ ތަފާތު އައިޓަމްތައް ހުންނާނެއެވެ. މި އޮފާގެ ދަށުން ހަދިޔާ ފޮނުވޭނީ ހަމައެކަނި ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ ބައްޕައިންނަށް ކަމަށް އުރީދޫން ބުނެއެވެ.

މޫލީ މެދުވެރިކޮށް ހަދިޔާ އަށް އޯޑަރު ކުރުމަށް ފަހު، ބައްޕައަށް ދޭން ބޭނުންވާ މެސެޖެއް ވެސް ހަދިޔާއާއެކު ފޮނުވާލެވޭނެއެވެ. މެސެޖު ފޮނުވަން ބޭނުންވާ މީހުންނަށް ހަދިޔާ ގަތުމަށް ފަހު "ސްޕެޝަލް އިންސްޓްރަކްޝަން" ގޮޅީގައި މެސެޖު ލިޔުމުން އެ މެސެޖެއް ހަދިޔާއާއެކު ފޮނުވައިދޭނެއެވެ. ހަދިޔާ ޑެލިވާ ކުރާނީ ބައްޕައަށްތޯ ނުވަތަ ހަދިޔާ ގަންން ފަރަތަށްތޯ ކަސްޓަމަރު އިހްތިޔާރު ކުރުމަށް އުރީދޫން ވަނީ ހުޅުވާލާފައެވެ.

ބައްޕައިންގެ ދުވަހަކީ ކޮންމެ ޖޫން މަހެއްގެ ތިންވަނައަށް ވާ އާދީއްތަ ދުވަހެވެ. މިއަހަރުގެ ބައްޕައިންގެ ދުވަހަކީ އަންނަ ހަފުތާގެ އާދީއްތަ ދުވަހެވެ. އުރީދޫން ބުނީ ބައްޕައިްނގެ ދުވަހުގެ ހަދިޔާތައް މާދަމާގެ ކުރިން އޯޑަރު ކުރުމުން އާދިއްތަ ދުވަހު ނޫނީ އެއަށްވުރެ ކުރިން ޑެލިވާ ކޮށްދޭނެ ކަމަށެވެ.