2012ގައި ވެރިކަން ބަދަލުވި ގޮތަ އަލުން ބެލިނަމަވެސް ވެރިކަން ވެއްޓުނީ ބަޣާވާތަކުންކަން ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުވި ހާދިސާގައި މިހާތަނަށް ކުރި ތަހިގީގުން އޭރު ރައީސް ނަޝީދުގެ ނައިބް ރައީސް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ "ބަޣާވާތް ކުރައްވައިފައިވާ ބޭފުޅެއްކަން" ނިންމިފައި ނެތް ކަމަށެވެ.
2012 ވަނަ އަހަރު އެ ހާދިސާ ތަހުގީގު ކުރުމަށް އެދި ސިވިލް ކޯޓަށް ދެ މެންބަރަކު ވަޑައިގެނެވި ކަމަށާ ނަމަވެސް އޭރު އުފެދުނު ސުވާލު ތަކާ އެކު އޭގެ ތެރެއިން އެއް މެންބަރަކު މައްސަލަ ކޯޓުން ނަގާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެހެން ވުމުން ސިވިސް ކޯޓުގެ އުސޫލެއްގެ ގޮތުގައި ފާހަގަ ކުރަނީ ބަޣާވާތެއްގެ ގޮތުގައި ފާހަގަ ވެއްޖެ ނަމަ އެ ބަޣާވާތުގައި އިސްކޮށް ހުރި މީހާ އަކީ ބާޣީއެއް ކަމަށެވެ. ނަޝީދުގެ ވެރިކަން ވެއްޓުނު މައްސަލަ އަލުން ބެލި ނަމަވެސް އޭރުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަން ފެންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވެއެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވާއިރު، އިއްޔެ ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމްއަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ "ޖޯރޭ" ހަމަލާދީފައިވާ ކަމަށާއި ހަމަލާ ދިނީ ކަސްރަތަށް ބޭރަށް ނުކުންވައިގެން އުޅުއްވަނިކޮށް ކަމަށެވެ. ޑރ. ވަހީދު ވިދާޅުވީ ޖޯރޭ އެމަނިކުފާނުގެ ހަށިކޮޅަށް އަތް ނުލި ނަމަވެސް ހަޑިހުރުތު ބަހުން މުއާމަލާތު ކޮށް ހެދިކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ރައީސް ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް އިއްޔެ ހެނދުނު 7 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އެ ހާދިސާގައި ތުހުމަތު ކުރެވޭ ޖޯރޭގެ ދިފާއުގައި އެމްޑީޕީން ވަނީ ރޭ ނިކުމެފައެވެ. ޖޯރޭ އަކީ އެމްޑީޕީ އުފެދުނު އިރުން ފެށިގެން އެޕާޓީގައި ހަރަކާތްތެރިވާ މީހެކެވެ. އެޕާޓީން މިހާތަނަށް ބޭއްވި ކޮންމެ މުޒާހަރާއެއްގައި ވެސް ޖޯރޭ ވަނީ ބައިވެރިވެފައެވެ. ކޮންމެ ކަންމަތީ އެއްވުމެއްގައިވެސް ޖޯރޭ ވަނީ ބައިވެރިވެފައެވެ.އެ ހާދިސާއާ ގުޅިގެން ކުރިން ރައީސް ވަހީދަށް އެމްޑީފީން ގޮވަމުން އައި "ބާޣީ ވަހީދު: ގެ ނަމުން އަނެއްކާވެސް ވަނީ އެމްޑީޕީގެ އަޑު ގަދަވެފައެވެ
ބީތާ ވާ ވަރަށް ބޮއެގެން ވާނުވާގަ ހުދު ހެދުން ލައިގެން ތިބި ބައެއް އަައިއްސަ ބުނީ ޔޯލަ އިސްތިއުފާ ދޭން. ހަމަ ހެޔަށް އަައީ އަނެއް ދުވަހު. ދެން މުޅި ގައުމުގަ ހުޅު ޖަހާފަ އަސްލު ސިފަ ދައްކާލީ. މީ އެ ކިޔާ ބަޤާވާތަކީ. ލޮލް
ލާދީނީ މީހުނަށް ފެންނާނީ