ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ލޮކްޑައުނަށް ލުއި ދިނުމުން އެމްޓީސީސީން ހިދުމަތް ދޭ ފެރީއާއި ބަހުގެ ހިދުމަތްތައް އިތުރުކޮށްފިއެވެ.

ޕަބްލިކް ޓްރާސްޕޯޓް ހިދުމަތް ދެމުންދާ ކުންފުނި އެމްޓީސީސީން ބުނީ، ލޮކްޑައުނަށް ލުއިތަކެއް ދިނުމާ އެކު ދެވަނަ ފިޔަވަހީގެ ތެރެއިން ފެރީ އާއި ބަސް ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މާދަމާއިން ފެށިގެން ދެވަނަ ފިޔަވަހީގެ ލުއިތައް ފެށިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހުޅުމާލެ ޕްރީމިއަމް ފެރީ

  • ހުކުރު ދުވަސް ފިޔަވާ އެހެނިހެން ދުވަސްތައް ފުރަތަމަ ފެރީ: ހުޅުމާލެއިން ހެނދުނު 6:00 އިން އަދި މާލެއިން ހެނދުނު 6:30
  • ހުކުރު ދުވަސް ފިޔަވާ އެހެނިހެން ދިވަސްތަކުގައި އެންމެ ފަހު ފެރީ: ހުޅުމާލެއިން ރޭގަނޑު 9:00 އަދި މާލެއިން ރޭގަނޑު 9:30
  • ހުކުރު ދުވަހު ފުރަތަމަ ފެރީ: ހުޅުމާލެއިން ހެނދުނު 6:00 އަދި މާލެއިން 6:30
  • ހުކުރު ދުވަހު އެންމެ ފަހު ފެރީ: ހުޅުމާލެއިން ރޭގަނޑު 8:30 އަދި މާލެއިން 9:00
  • ހުކުރު ދުވަހު 30 ދަތުރު ކުރާ އިރު އެހެނިހެން ދުވަސްތަކުގައި ޖުމްލަ 38 ދަތުރު

ތިލަފުށި ފެރީ

  • ކޮންމެ ދުވަހެއްގެ ފުރަތަމަ ފެރީ: ތިލަފުށިން ހެނދުނު 8:00 އިން އަދި މާލެއިން ހެނދުނު 8:30ގައި
  • ކޮންމެ ދުވަހެއްގެ އެންމެ ފަހު ފެރީ: ތިލަފުށިން ރޭގަނޑު 10:00 އިން އަދި މާލެއިން ރޭގަނޑު 9:30ގައި
  • ކޮންމެ ދުވަހަކު ޖުމްލަ 18 ދަތުރު

ވިލިމާލެ ފެރީ

  • ހުކުރު ދުވަސް ފިޔަވާ އެހެނިހެން ދުވަސްތައް ފުރަތަމަ ފެރީ: ވިލިމާލެއިން ހެނދުނު 5:45 ގައި އަދި މާލެއިން ހެނދުނު 6:00 ގައި
  • ހުކުރު ދުވަސް ފިޔަވާ އެހެނިހެން ދިވަސްތަކުގައި އެންމެ ފަހު ފެރީ: ވިލިމާލެއިން މެންދަމު 1:00 ގައި އަދި މާލެއިން މެންދަމު 2:00 ގައި
  • ހުކުރު ދުވަހު ފުރަތަމަ ފެރީ: ވިލިމާލެއިން ހެނދުނު 5:45 ގައި އަދި މާލެއިން ހެނދުނު 6:00 ގައި
  • ހުކުރު ދުވަހު އެންމެ ފަހު ފެރީ: ވިލިމާލެއިން މެންދަމު 1:00 ގައި އަދި މާލެއިން މެންދަމު 2:00 ގައި
  • ހުކުރު ދުވަހު 140 ދަތުރު ކުރާ އިރު އެހެނިހެން ދުވަސްތަކުގައި ޖުމްލަ 150 ދަތުރު

ގުޅީފަޅު ފެރީ

  • ކޮންމެ ދުވަހެއްގެ ފުރަތަމަ ފެރީ: ގުޅީފަޅުން ހެނދުނު 8:00 ގައި އަދި މާލެއިން ހެނދުނު 7:15 ގައި
  • ކޮންމެ ދުވަހެއްގެ އެންމެ ފަހު ފެރީ: ގުޅީފަޅުން ރޭގަނޑު 9:00 ގައި އަދި މާލެއިން ރޭގަނޑު 8:30 ގައި
  • ޖުމްލަ 10 ދަތުރު
ރާއްޖޭގައި ތިބި ބިދޭސީން ފުރުވާލުމުގައި އެ މީހުން އެއާޕޯޓަށް ގެންދިއުމުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

ބަސްދަތުރުތަގެ ގޮތުގައި ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހުޅުމާލެއިން ކުރާ ބަސްދަތުރުތައް ވެސް އިތުރުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެ ގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު ފުރަތަމަ ބަސް ދަތުރު ހަމަޖެހިފައި ވަނީ ހުޅުމާލެއިން ފަތިހު 5:30 ގައި އަދި އެއާޕޯޓުން 6:30 ގައެވެ. ކޮންމެ ބައި ގަޑިން ބައިގަޑިން ބަސް ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިރު އިރު އޮއްސި 6:00 ގައި ހުޅުމާލެއިން އަދި އެއާޕޯޓުން ދަތުރުކުރުމަށް ފަހު 6 ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު އެންމެ ފަހު ބަސްދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއިން ދަންވަރު 12:00 ގައި އަދި އެއާޕޯޓުން ދަންވަރު 12:30 ގައެވެ.

ހުޅުމާލޭގައި އެމްޓީސީސީން ކުރާ ނޭބާހުޑް ބަސްދަތުރުތައް ފަށާއިރު ކޮންމެ ދުވަހެއްގެ ފަތިހު 5:30 އިން ފެށިގެން ރޭގަނޑު 9:30 އާ ދެމެދު ބަސްދަތުރު ކުރުމަށް ވަނީ ނިންމާފައެވެ.

ބަސް ދަތުރާއި ފެރީ ދަތުރުތައް އިތުރު ކުރުމަށް އެކުންފުނިން ނިންމާފައި ވަނީ މާދަމާއިން ފެށިގެން ލޮކްޑައުންނަށް ލުއި ދިނުމަށް ހަމަޖެހި އާންމުންނަށް ހުއްދައަކާ ނުލައި މަގުތަކަށް ނުކުތުމުގެ ހުއްދަ ދީފައި ވާތީ ގިނަ އަދަދެއްގެ ބަޔަކު ދަތުރުފަތުރު ކުރުމަށް ބޭނުން ވާނެތީއެވެ. މި ދަނޑިވަޅިުގައި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް މާސްކް އަޅައިގެން ތިބުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ.