ޑޮމެސްޓިކް ޖޫން 15ގައި އަދި އިންޓަނޭޝަނޭޝަނަލް ފްލައިޓްސް ޖުލައި 1ގައި ފަށަން ނިންމައިފިއެވެ.

އަންނަ ހޯމަ ދުވަހު ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރު ފަށަން ނިންމާފައި ވީ ނަމަވެސް މާލެ ސަރަހައްދުން ދަތުރެއް ނުކުރެވޭނެއެވެ. މާލެއިން ރަށްރަށަށް ދާ ފަރާތްތަކުން ޖެހޭނީ 24 ދުވަހުގެ މުއްދަތަކަށް ހޯމް ކަރަންޓީނު ވާށެވެ. އަދި ޒަރޫރީ ބޭނުމަކަށް ނޫނީ މާލެއަކަށް ދަތުރު ނުކުރެވޭނެއެވެ.

މީގެ އިތުރުން ހޯމަ ދުވަހުން ފެށިގެން ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް ދިވެހިންނަށް ހުޅުވާލުމަށް ވެސް ވަނީ ނިންމާފައެވެ.

އަންނަ މަހުގެ 1 ވަނަ ދުވަހު އިންޓަނޭޝަނަލް ދަތުރުތައް ފަށަން ނިންމާފައި ވާއިރު، ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ދަނީ ތައްޔާރު ވަމުންނެވެ.

"ދަ ސަން ވިލް ޝައިން އަަގެއިން" ގެ ޝިއާރުގައި ޖުލައި މަހުގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔަރު ވަމުން ދާއިރު، ރާއްޖެ ޕްރޮމޯޓް ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތައް ހުޅުވާލުމަށް ތައްޔާރު ވަމުން ދާއިރު، އަންނަ ހޯމަ ދުވަހުން ފެށިގެން ގިނަ ލުއިތަކެއް ދިނުމަށް އެންއީއޯސީން ވަނީ ނިންމާފައެވެ. އެގޮތުން، މާލެ ސަރަހައްދު އާންމުކޮށް ހުޅުވާ އިރު ފާހެއް ނެތި ފަތިހު 5 އިން ފެށިގެން ރޭގަނޑު 10 އަށް އުޅެވޭނެއެވެ.

މީގެ އިތުރުން ކަސްތަރު ކުރުމާއި އެކިއެކި ކަންކަމުގައިވެސް ބޭރުގައި އުޅެވޭނެއެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5 އިން ހެނދުނު 8 އަށް އުޅެވޭނެއެވެ. އަދި ކުޑަކުދިންނަށް ހަވީރު 4 އިން އިރުއޮއްސި 6 އަށް ބޭރުގައި އުޅެވޭނެއެވެ. އަދި ދުވަންދާ އެހެން ފަރާތްތަކަށް އިރު އޮއްސި 6 އިން ފެށިގެން 9 އަކަށް ދުވަން ދެވޭނެއެވެ.

ޖޫން 15 ގެ ފަހުން، ރޭގަނޑު 11 ޖަހަންދެން ފިހާރަތަކުން ވިޔަފާރި ކުރެވޭނެއެވެ. އަދި ހަމަ އެހެންމެ ކޮވިޑް ގެ އަސަރެއް ނެތް، އެއްރަށުން އަނެއް ރަކަށް ދަތުރު ކުރުމުގައިވެސް ހުރަހެއް ނެތެވެ.