ނިއު ނޯމަލްގެ ހާލަތުގައި 10 މީހުންނަށް ވުރެ ގިނައިން ބޭރުގައި އެއްވެ ނޫޅެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ އަންނަ ހޯމަ ދުވަހު ފާސް ނެތި މަގުމައްޗަށް ނިކުތުމުގެ ހުއްދަ ދިން ނަމަވެސް ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ މަޑުކޮށްގެން ތިބުމަކީ މަނާކަމެއް ކަމަށެވެ. އަދި ޖުލައި މަހު ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި އާންމުކޮށް މީހުން އެއްވެ އުޅެވޭނީ ގިނަވެގެން 10 މީހުންނަށް ކަމަށެވެ.
މާލޭގެ ލޮކްޑައުންއަށް ލުއިދިން ނަމަވެސް ގިނައިން މީހުން އެއްވާ ތަންތަނުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގައި ގައިދުރުކަން އިސްކޮށް މާސްކު ފަދަ ތަކެތި އަޅައިގެން ތިބުމަކީ އިސްކަން ދޭންޖެހޭނެ ކަމެއް ކަމަށް ޝައިނާ ވިދާޅުވިއެވެ. އަދި ފިހާރަތަކަށް ވެސް އެންމެ ގިނައިން ވަދެވޭނެ މީހުންގެ އަދަދު ފާހަގަކޮށް، ގައިދުރުކަން ބެހެއްޓޭނެ ގޮތައް ފާހަގަތައް ޖަހާފައި ބަހައްޓަން ޖެހޭނެއެވެ.
މާލޭގައި ފާސް ނެތި ގެއިން ނިކުތުމުގެ ހުއްދަ ދިން ނަމަވެސް މާލެ އިން ފުރައިގެން އެހެން ރަށަކަށް އަދިވެސް ދަތުރު ކުރެވޭނީ މިހާރު ވެސް އޮންނަ އުސޫލުންނެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑުން ރަނގަޅުވި މީހުންގެ ޖުމްލަ 32 އަށް އަރާފައި ވާއިރު ރާއްޖެއިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 1153 އަށް އަރާފައެވެ.
ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ދައްވަމުން ދާއިރު، މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 14 މީހަކެވެ. މިއަދު ޕޮޒިޓިވް ވެފައި ވަނީ ފަސް ދިވެހިންނާއި 8 ބަންގަލަދޭޝްގެ 8 މީހަކާއި ލަންކާ މީހެކެވެ.
މަބުނީ ގްރޭޑް 5 ގެ ފެންވަރު މީހެއް ލިޔެފަ އޮތް އެއްޗެއްބާ. ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްޤާބިލް ކަން ނެތިއްޔާ ނޫހާއެއްޗެހި ނުހިންގަން ވީނުދޯ