ނިއު ނޯމަލްގެ ދަށުން އަންނަ ހޯމަ ދުވަހުން ފެށިގެން ކުޑަކުދިންނަށް ހަވީރު ގަޑީ ބޭރަށް ނިކުމެވޭނެ ހުއްދަ ދީފިއެވެ.

މިކަން އިއުލާން ކުރެއްވީ އެންއީއޯސީން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ އައިމިނަތު ޝައިނާ އަބްދުﷲ އެވެ. އޭނާ ވިދާޅުވީ ކުޑަކުދިންނަށް ބޭރަށް ނިކުމެގެން އުޅެވޭނީ ހަވީރު 4:00 އިން 6:00 އަށް ބޮޑު މީހަކާއެކު ކަމަށެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ހަވީރު ގަޑީގައި ކުޑަކުދިންނަށް ބޭރަށް ނިކުތުމުގެ ހުއްދަ ދީފައިވާއިރު ޕާކުތައް ވެސް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. ނަމަވެސް 3 މީހުންނަށް ވުރެ ގިނަ މީހުން އެއްފަހަރާ ނުކުމެގެން ނޫޅުމަށް އެޗްޕީއޭން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ޖޫން 15، 2020 ގައި މާލެ ސަރަހައްދު އާންމުކޮށް ހުޅުވާ އިރު ފާހެއް ނެތި ހަރަލާތްތެރިވެ އުޅެނޭނެ ކަމަށެވެ. އަދި އެގޮތުން ފާހެއް ނެތި ފަތިހު 5 އިން ފެށިގެން ރޭގަނޑު 10 އަށް އުޅެވޭނެއެވެ.

މީގެ އިތުރުން ކަސްތަރުކުރުމާއި އެކިއެކި ކަންކަމުގައިވެސް ބޭރުގައި އުޅެވޭނެއެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5 އިން ހެނދުނު 8 އަށް އުޅެވޭނެއެވެ. އަދި ދުވަންދާ އެހެން ފަރާތްތަކަށް އިރު އޮއްސި 6 އިން ފެށިގެން 9 އަކަށް ދުވަން ދެވޭނެއެވެ.