އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފާއެއް އިއުލާން ކޮށްފިއެވެ.

އުރީދޫން ބުނީ އެ އޮފާގެ ދަށުން، އެމް-ފައިސާ މެދުވެރިކޮށް ކުރައްވާ ކޮންމެ ޕްރީޕެއިޑް ރީޗާޖްއަކާއި އެކު ރިޗާރޖް ކުރެއްވި އަދަދުގެ 5 ޕަސެންޓަ އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އުރީދޫން ބުނީ އެމް-ފައިސާ މެދުވެރިކޮށް ޕޯސްޓްޕެއިޑް، ސުޕާނެޓް އަދި ފަސޭހަ ބިލް ދެއްކުމުން ބިލްގެ 5 ޕަސެންޓްވެސް އަނބުރާ ވޮލެޓަށް ޖަމާވާނެ ކަމަށެވެ. އެ އޮފާ އެކުންފުނިން ތައާރަފް ކޮށްފައިވަނީ، ލޮކްޑައުން ލުއިވެގެންދިޔަކަމުގައިވިޔަސް، ރައްކާތެރިކަން އިހްތިޔާރުކޮށް، ބިލް ދެއްކުން، ރީޗާޖް ކުރުން ފަދަ ޑިޖިޓަލްކޮށް ފޯރުކޮށްދެވޭ ހިދުމަތްތައް ޑިޖިޓަލްކޮށް ލިބިގަތުމަށް ބާރު އެޅުމުގެ ގޮތުން ކަމަށްވެސް އުރީދޫން ބުނެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކެވުމަށް:

1. އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ އަށް ލޮގިން ވުމަށް

2. އެމް-ފައިސާ ސަާވިސަސް އިން "ޕޯސްޓްޕެއިޑް"، "ސުޕަރނެޓް"، "ފަސޭހަ" ނުވަތަ " ޕްރީޕެއިޑް ރީޗާރޖް" ނަގާ

3. ޕްރީޕެއިޑް ނަންބަރު، ޕޯސްޓްޕެއިޑް ނަންބަރު، ސުޕާނެޓް އައިޑީ ނުވަތަ ފަސޭހަ ނަންބަރު ޖަހާ

4. ބިލްގެ އަދަދު ޖެހުމަށްފަހު PROCEED އަށް ފިތާލާ

5. ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖަހާ ޕޭމަންޓް ދެއްކުންކަން ޔަގީން ކުރޭ

އުރީދޫން ބުނީ ބިލަށް ފައިސާ ދެއްކެވުމުން ނުވަތަ ޕްރިޕެއިޑް ރިޗާޖް ކުރެއްވުމުން، ފައިސާ ދެއްކި އަދަދު ނުވަތަ ރިޗާޖް ކުރި އަދަދުގެ 5 ޕަސެންޓާ ވޮލެޓަށް ޖަމާވިކަމުގެ އެސްއެމްއެސް އެއް ލިބޭނެ ކަމަށެވެ.

އެމް-ފައިސާ އަށް ރެޖިސްޓާކުރުމަށް:

1. އުރީދޫ އެޕް ޑައުންލޯޑްކުރުމަށް

2. އެމް-ފައިސާ ހިޔާރުކޮށް ރެޖިސްޓްރޭޝަންއަށް ފިތާލާ

3. މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރުމަށް ލިބޭ އޯޓީޕީ ނަންބަރު ޖަހާ

4. މޮބައިލް ނަންބަރު ޖެހުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހާ

5. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށްފަހު ކުރިން ޖެހި ޕިން ނަންބަރު ޖަހާ

6. ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރޭ

ހަމަ އެއާއެކު އުރީދޫން ބުނީ ބީއެމްއެލާއި އެސްބީއައި އަދި އެމްއައިބީ އިންޓާނެޓް ބޭންކިން މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.