ވައިޖައްސާލަން ނުކުންނަ ދޮށީ އުމުރުގެ މީހުންނަށް ގްރޭޓާ މާލެ ބަސް ޓާމިނަލް ސަރަހައްދުން ދުވާ ނުބައި ވަހުން ނޭވާލާން އުނދަގޫވާތީ ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަން އަނީސާ އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަނީސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގައި ތާޒާ ވައި ޖައްސާލުމަށާއި ހިނގާލުމަށް ހެނދުނުގެ ވަގުތު ބޭރަށް ނުކުންނަ ދޮށީ އުމުރުގެ މީހުންނަށް ގްރޭޓާ މާލެ ބަސް ޓާމިނަލް ހިސާބުން ދުވާ ނުބައި ވަހުން ނޭވާ ލާން އުނދަގޫވާ ކަމަށެވެ. ހަމައެއާއެކު އަދި އެ ސަރަހައްދުން ދުވާ ވަހުން އުނދަގޫވާ ވާހަކަ ދެއްކެވި ނަމަވެސް އެއީ ވެމްކޯއިން ކުރާ ބުރަ މަސައްކަތް ބަލައިނުގަންނާތީ ދެއްކެވި ވާހަކައެއް ނޫންކަމަށް އަނީސާ ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ ފަރާތްތަކަށް ހިނގާލަން ބޭރަށް ނިކުތުމުގެ ހުއްދަ ދޫކުރަން ނިންމާފައި ވަނީ ފަތިހު 5:00 އިން ހެނދުނު 8:00 އާ ދެމެދުއެވެ. މި ގޮތަށް ހަމަޖެއްސީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ.
ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް، މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމިއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ދިން ލުއިތަކުގެ ތެރޭގައި އުމުރުން ދުވަސްވީ ފަރާތްތަކަށް ފަތިހު ބޭރަށް ނިކުތުމުގެ ހުއްދައާއި، ހަފްތާއަކު 2 ފަހަރު ގޭބިސީއަކުން 3 މީހުންނަށް ޕޮލިސް ޕާމިޓާއެކު 2 ގަޑިއިރަށް ބޭރަށް ނިކުމެގެން އުޅުމުގެ ހުއްދަ ވަނީ ދީފައެވެ.
މި ހުއްދަތައް ދެވުމާއެކު ހެނދުނު ވަގުތު ކަސްރަތުކޮށް ހިނގާ ހަނދަން ނުކުތުމަށް އުމުރުން ދުވަސްވީ އެތައް ބަޔަކު އަންނަނީ ނުކުންނަމުންނެވެ. އެއްބަޔަކު މާލެ ވަށާ ހިނގާ އިރު ގްރޭޓާ މާލެ ބަސް ޓާމިނަލް ކުރިމަތިން ހިނގާ ހަދައެވެ.
މާލޭ ގްރޭޓާ ބަސް ޓާމިނަލް ސަރަހއްދުން ނުބައި ދުވާތީ އެކަމާ އަނިށާ ކަންބޮޑުވުން ފާޅުކުރެއްވި އިރު މާލެގެ އެކި ސަރަހައްދުތަކުން ނުބައި ވަސް ދުވާކަމުގެ ޝަކުވާތައް އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
މާލެ ލޮކްޑައުންކުރި ފަހުން މާލޭގެ ކޮންމެ ގެއަކުންވެސް ކުނި ނެރި ބޭރުގައި ބެހެއްޓުމަށް ވެމްކޯއިން އެދިފައި ވެއެވެ. މިހާރު ކުނިތައް ހުންނަކީ މާލެގޭ އެކި ސަރަހައްދުތަކުން މަގުމަތިން އެއް ދިމާއަކަށް ޖަމާކޮށްފައެވެ. އެ ގޮތުން އެ ސަރަަހައްދުތަކަށް އެއްކޮށްފައި ހުންނަ ކުނިތައް ވެމްކޯއިން ކޮންމެ ދުވަހަކު ނެގި ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކަށް އެހެން ކުނި ނެރެފައި ހުންނާތީ މަގުމަތީގައި ކުނި އެއްޗެތީގެ ވަސް ހުންނަނީ ހިފާފައެވެ.
ތިކަހަލަ ވަސް ނުދުވާ އިރެއް ހަދާނެއް ނުވޭ
މުޑުދާރު ސަރުކާރަކުން ދުވާނީ މުޑުދާރުވަސް ތީ އެމް.ޑީ.ޕީ ގެ ވަސް ތި ތިބީ ތާހިރު ވެރި ކަމަ ކަށް ވޯޓް ދީގެންނު.
އެއީ އެ ސަރަޙައްދުގައި ހުރި އެސްޓީއޯ ގެ ގުދަނުގައި ހުރި ފިޔާ އަލުވި ކުނިވުމުން ދުވި ނުބައިވަސް. ޚަބަރު ލިޔާ މީހުން ވެސް ތަންކޮޅެއް ސީރިއަސްކޮށް މާލެތެރޭގައި ހިނގާ މިފަދަ ކަންތައްތައް ހުއްޓުވުމަށްޓަކައި ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމަށް މިފަދަ ކަންކަން ހޯދާ ބަލަން އެބަޖެހޭ
މާލޭގެ މަގިމަތީގަ އުޅޭ ބުޅާ ބައިތިއްބާނެ ރަށެއް ސަރު ކާރުން ހެއްދެވުން ކިހިނެއްތޯ
އެމްޑީޕީ ސަރުކާރު އައުމާއި އެކު ހިނގާ އެއްކަމަކީ މާލެއިންކުނިވަސް ދުވުން ، ކުރީފަހަރުވެސް އެސަރަހައްދު ކުނިވެގެން ސްކޫލްތައް އެހިސާބުން ބަނދު ކުރަން ޖެހުނު
ނުބައިވަސްދުވަނީ ކުނިނުނަގާ ހުރެގެން ނޫނީ މަގުމަށްޗަށް ކުނި ފުނި އެއްކުރާތީ އެއްނޫން. ކަރުގޮހޮރާއި ބުޅަލަށް ކާންއަޅާ މުޅި ބަސް ޓާމިނަލް ކައިރި އޮތީ ކުނިވެފަ. ދުރުވެ ހަމަލޮލުން ބައްލަވާ ބޭފުޅުން މަދީ. އަނީސާއަށް ތިޔަކަން ފާހަގަ ކުރެވުވީތީ ޝުކުރު ދަންނަވަން.
ވޭތިވެ ދިޔަ އެބުނާ ރަން 30 ހުގަ ވިލިގިއްޔައް ދާން ދޯޏައް އަރާއިރު ކުނިއުފުލާ ކޮޅުވެއްޓި ތަކުން ދުވާ ނުބައި ވަހުގެ އިތުރުން ހުޅަގުން ވައި ޖެހޭއިރު ކޮޅުވެއްޓިތަކުން ވަޔާ ބުރައިގެން އަންނަ ނުބައިވަސް ދުވާ ކުނިތައް ކުޑަކުދިންނާ ބޮޑަތި މީހުންގެ ގައިގަ ހޭކި އެކުނޑިތަކައް ނޭވާލައިގެން އަދި ތިލަފުށިން އަންދާ ކުނީގެ ދުންތައް މުޅި ވިލިންގިލީގަ މާހައުލު ތަޢްޔަރު ވެފަ އޮތް އިރުވެސް ސާފުރާއްޖެ ލަވަޖަހައިގެން އުޅެ މިހާހިސާބައް މި އާދެވުނީ އޭރު އެކަން ހަދާން ނައްތާލާފަ މިހާރު ތިކަހަލަ ވާހަކަ ދެއްކީމާ ބުނެވޭނީ ހަތްގުދު އޮތްމީހާ ދެގުދު އޮތް މީހާޔައްވެސް ގޮވާނީ ހަމަ ގުދޯ ގުދޯ