އިއްޔެ އައްޑޫ ސިޓީ މީދޫން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، މީދޫން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ. އަދި ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުރެއެވެ.

އުމުރުން 52 އަހަރުގެ އަންހެން މީހާ އިއްޔެ ހެނދުނު ގެއިން ނުކުތް ގޮތަށް އެނބުރި ގެއަށް ނާންނާތީ އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ ރޭ 7:40 ހާއިރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރިޔަމް މަނިކުފާނު ގެއިން ނުކުމެގެން ދިޔާއި އާއިލާތެރޭ ހިނގި ދެބަސްވުމެއްގައި ހިތްހަމަ ނުޖެހިގެންނެވެ.

ފުލުހުން، އެމީހާ ގެއިން ނިކުމެގެން ގޮސްފައި ވަނީ ހެނދުނު 7:30ގައި ކަމަށް ބުނި ނަމަވެސް އެ މީހާގެ ދަރިޔަކު ފޭސްބުކްގައި ބުނެފައި ވަނީ އޭނާގެ މަންމަ ސ. މީދޫ ވެހި، މަރިޔަމް މަނިކުފާނު ގެއްލިފައި ވަނީ އޭގެ ކުރީ ދުވަހުގެ ރޭ ދަންވަރު ކަމަށެވެ.