އުރީދޫ މޯލްޑިވްސްއިން، އެކުންފުނީގެ ހިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރު ތަކެއް ކުޅުދުއް ފުށި، ތިނަދޫ އަދި ފުވައްމުލަކުގައި ގާއިމް ކޮށްފައެވެ.

އުރީދޫން ބުނީ އެ ޑިޖިޓަލް ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި ޕްރިޕެއިޑް ރީޗާރޖްކޮށް، ބިލަށް ފައިސާދެއްކުމުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށާއި އެ ސެންޓަރުތަކަކީ ދިވެހިރާއްޖޭގައި އެ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދެވޭ ހަމަ އެކަނި ސެންޓަރުތައް ކަމަށެވެ.

އުރީދޫން ބުނީ އެ ޑިޖިޓަލް ސެންޓަރުން ގިނަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ހަފްތާގެ 7 ދުވަހު، ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށެވެ. އޭގެތެރޭގައި:

  • ބިލަށް ފައިސާ ދެއްކުން
  • ރީޗާރޖްގެ ޚިދުމަތްތައް
  • އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ޚިދުމަތްތައް

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަ ހުސެން ނިޔާޒް ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޒަމާނީ ޓެކްނޮލޮޖީއާއެކު އުރީދޫ ގެ ހިދުމަތްތައް ޑިޖިޓަލްކޮށް، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އަވަސް އަދި ލިބިގަންނަން ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ ކަމަށެވެ.

24 ގަޑިއިރު ހިދުމަތް ލިބޭ އުރީދޫ ޑިޖިޓަލް ސެންޓަރެއް

ކުއްލި ހާލަތެއްގައި ދުނިޔެ މިހާރު ކުރިމަތިލަމުންދާ ޕެންޑެމިކް އާއި ގުޅިގެން އާންމު ދިރިއުޅުން ބަދަލުވެ، ނިއު ނޯމަލްއަކަށް ދަތުރުކުރާއިރު މުޖުތަމައުގެ ބޭނުންތަކަށް ޓެކްނޮލޮޖީގެ ރޯލުވަނީ އިހުނަށްވުރެ ބޮޑުވެފައި ކަމަށާއި މިހާލަތުގައި ގާއިމް ކުރެވުނު ޑިޖިޓަލް ސެންޓަރުތަކުގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ބަހައްޓާ، އުރީދޫ ކަސްޓަމަރުންނަށް ހިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅޫވިއެވެ. އަދި އުރީދޫގެ އަޒުމަކީ މިފަދަ ހިދުމަތްތައް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށްވެސް ފޯރުކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫން މިއަހަރުގެ މާރިޗް މަހު ހާއްސަ ހަފްލާއެއް ބާއްވާ، ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ސެންޓާވަނީ މާލޭގައި އިފްތިތާހު ކޮށްފައެވެ. ހަމަ އެއާއެކު، ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދެވަނަ ޑިޖިޓަލް ސެންޓަރެއް ވަނީ ހުޅުމާލޭގައިވެސް ހުޅުވިގެންގޮސްފައެވެ.

އެންމެ ފަހުން ހުޅުވާލެވުނު ޑިޖިޓަލް ސެންޓްރުތަށް ގާއިމް ކުރެވިފައިވަނީ:

1. އުރީދޫ އެކްސްޕީރިއެންސް ސެންޓަރު / ރަންނަބަނޑޭރި މަގު،ގދ. ތިނަދޫ

2.އުރީދޫ އެކްސްޕީރިއެންސް ސެންޓަރ / ފެންފުވައް މަގު، މާދަޑު،ޏ. ފުވައްމުލައް

3.އުރީދޫ އެކްސްޕީރިއެންސް ސެންޓަރ/ އަމީނީ މަގު, ހދ. ކުޅުދުއްފުށި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ހިދުމަތް ލިބިގަތުމުގައި އިތުރު ފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، ކުރިޔަށް އޮތްތަނުގައި އިތުރު ޑިޖިޓަލް ސެންޓަރުތަކެއް ގާއިމްކުރުމަށް އުރީދޫއިން ދަނީ މަސައްކަތްކުރަމުންނެވެ. އުރީދޫގެ ހިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެގޮތް ފަހިކޮށް ދިނުމަށް އުރީދޫ މޯލްޑިވްސްއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އުރީދޫ މޯލްޑިވްސްއިން އުފައްދާފައިވާ ސުޕާ އެޕް، އުރީދޫ އެޕް މެދުވެރިކޮށް 24 ގަޑިއިރުގެ ކަސްޓަމާ ސާވިސްގެ އިތުރުން އެމް-ފައިސާގެ ހިދުމަތްތައް އަދި އީ ކޮމާސް ޕްލެޓްފޯމް، މޫލީގެ ހިދުމަތްތައްވެސް މިހާރު ލިބޭނެއެވެ.