އެސްޓީއޯ ކޮންސްޓަރަކްޝަންގެ ޑެލިވަރީ ހިދުމަތް މިއަދު ފަށައިފި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން އެ ކުންފުނީގެ އިމާރާތްކުރުމާ ގުޅޭ މުދާ ޑެލިވަރީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެގޮތުން އެކުންފުނިން ވިއްކަމުންދާ އިމާރާތްކުރާ ސާމާނު ގަތުމަށް ބޭނުންވާ ފަރާތްތައް ގުޅުމުން ޑެލިވަރީ ކޮށްދިނުމަށް ހަމަަޖެހިފައިވާ ކަމަށެވެ. ހަމައެއާއެކު އެސްޓީއޯ ކޮންސްޓްރަކްޝަން ގުދަންތަކަށް އަންނަ ކަސްޓަމަރުންނަށް މުދާ ދޫކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ.

ކަސްޓަމަރުން ގުދަނަށް މުދާ ބަލާ އައުމަށް ހަމަޖެހިފައިވަނީ ހެންދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެގޮތުން މުދާ ބަލާ އަންނަ ކަސްޓަމަރުން ތިބެން ޖެހޭނީ މާސްކް އަޅައިގެން ކަމަށާއި ގުދަނުގެ ތެރެއަށް މުދާ ބަލާ ވަދެވޭނީ ފަހަރަކު ކަސްޓަމަރަކަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މިގޮތަށް ކަންކުރުމަށް އެ ކުންފުނިން އިލްތިމާސްކުރަނީ ކަސްޓަމަރުންނާއި އެސްޓީއޯގެ ސްޓާފުންގެ ރައްކާތެރިކަމަށް އަލާ ފިޔަވަޅެއްގެ ގޮތުގައި ކަމަށް އެފަރާތުން ބުނެއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންއިން ގަންނަ ތަކެތި ޑެލިވަރީ ކުރުމަށް އެދޭ ފަރާތްތައް ގުޅާނީ 3012631 ނުވަތަ 3012635 ނަންބަރަށެވެ.