މަޝްހޫރު މައިކްރޮސޮފްޓް ކުންފުނީގެ ނިއުސްރޫމްގައި މަސައްކަތްކުރާ ނޫސްވެރިން ވަޒީފާއިން ވަކިކޮށް، އެ މީހުންގެ ބަދަލުގައި މެޝިންތަކެއް ބޭނުންކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

މި ބަދަލު ގެންނަން ފަށާފައިވަނީ ޚަބަރު ހޯދާ އެޑިޓްކުރުމުގެ ޒިންމާ، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ މަސްނޫއީ ތޫނުފިލިކަމުގެ ޓެކްނޮލޮޖީއަށް ދޫކޮށްލުމަށް މައިކްރޮސޮފްޓްގެ މެނޭޖަރުން ނިންމި ނިންމެވުމުގެ ސަބަބުން ގެންނަމުންދާ ބަދަލެއްކަން ފާހަގަކުރަންޖެހެއެވެ.

މައިކްރޮސޮފްޓް ކުންފުނީގެ ޚަބަރު ވެބްސައިޓް އެމްއެސްއެންގައި ޚަބަރު އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ 50 މުވައްޒަފެއްގެ ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށް ޚަބަރު ލިބެއެވެ.

ކަންމިހެން އޮތް ނަމަވެސް، މިއީ މިއަދު ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ނިންމި ނިންމުމެއް ނޫންކަމަށް މައިކްރޮސޮފްޓް ކުންފުނިން ބުނެއެވެ.