ފިތުރު އީދަކީ އާންމު ގޮތެއްގައި އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިނަށް ޒިޔާރާތްކޮށް، އީދު ސަލާން ބަދަލު ކޮށް، އެންމެން އެއްކޮށް ކާލާ އުފާވެރި ވަގުތުތަކެށް ހޭދަކުރާ ދުވަހެކެވެ. އެހެންނަސް، މި އަހަރުގެ އީދަކީ އެހެން އަހަރުތަކާ ހިލާފަށް ގޭގައި، އެންމެ ގާތް އަދި ލޯބިވާ މީހުންނާ ދުރުގައި ހޭދަ ކުރަންޖެހިފަވާ އީދެކެވެ. މި ދަނޑިވަޅުގައި، ދިމާވެފައިވާ ގޮންޖެހުން ތަކާއެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ އީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްއިން ވަނީ އުރީދޫ އީދު ޝޯ 2020 ގެ ނަމުގައި ޑިޖިޓަލް މިއުޒިކް ޝޯއެއް އިންތިޒާމް ކޮށްފައެވެ.

އުރީދޫ އީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިން ތަކެށް ފެނިގެން ދާނެއެވެ. އޭގެ ތެރޭގައި ޒަކިއްޓެ، އަންޔާ، މީރާ، ޝަންމޫނު، ހަބޭސް އިންޑީ، ހަބޭސް ތޮލާ، އިބްރާހިމް ވަހީދު - ބޮޑުބެ އަދި ޒަމާނުއްސުރެ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ގިޓާ ކުޅުންތެރިޔާ ފަސީ ލައިވް ހިމެނެއެވެ.

ކޯވިޑް 19 އާ ގުޅިގެން ފްރޮންޓްލައިންގައި އުޅޭ އެންމެހާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތް އުރީދޫ މޯލްޑިވްސްއިން ފާހަގަކޮށް ޝުކުރު އަދާކުރުމާއި އެކު، އީދުގެ ތަހުނިޔާ އެފަރާތްތަކަށް ފޮނުވައެވެ. ފަސްޓް ރެސްޕޯންސް ގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދިނުމުގެ އިތުރުން، އެހީތެރިކަމަށް ބޭނުންވެފައި ތިބި އެތައް ބިދޭސީންނަކަށް ކެއުމާއި ސާފުތާހިރު ވުމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގައި ވަރުބަލި ކަމެއް ނެތި ރެޑް ކްރެސެންޓްއިން ކުރަމުންދާ މަސައްކަތްވެސް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.

އުރީދޫ އީދު ޝޯ ބޭއްވުމަށް ހަމަ ޖެހިފައިވަނީ މޭ 24، 2020، ރޭގަނޑު 9 ޖަހާއިރު އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލްގައެވެ. މި އީދު ޝޯގައި ގޭގައި ތިބެ ބައިވެރިވުމަށް އުރީދޫން ދައުވަތު ދެއެވެ.