މޮނިޓަރިންއަށް ފަހު 28 ދުވަސް ނުވަނީސް ހުޅުވި މިސްކިތްތައް އަލުން ބަންދުކޮށްފިއެވެ.
"ދަ ޕްރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޮނިޓަރިންގެ ހާލަތަށް ރަށް ގެނެސް 28 ދުވަސް ހަމަނުވާ ށ އަތޮޅުގެ 6 ރަށެއްގައި ވަނީ މިއަދުން ފެށިގެން ނަމާދު ކުރަށް ފަށާފައެވެ.
ށ އަތޮޅު ކައުންސިލުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އިސްލާމިކް މިނިސްޓރްީގެ ހުއްދައާ އެކު މިއަދު ނަމާދު ކުރަން ފަށާފައި ވީ ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިން އަށް ފަހު 28 ދުވަސް ހަމަނުވާ ރަށްރަށުގައި ނަމާދު ނުކުރެވޭނެ ކަމަށް ބުނެ ލިޔުމެއް ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ނެރުނު ގަވައިދުގައި 28 ދުވަސް ހަމަވާން ޖެހޭނެ ކަމަށް ބުނެފައި ނުވުމުން މިއަދު ހުކުރު ނަމާދު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މޮނިޓަރިންގެ މުއްދަތު ހަމަނުވާ ރަށްރަށުގައި އަސުރު ނަމާދުން ފެށިގެން ނަމާދު ނުކުރުމަށް އަންގާނެ ކަމަށްވެސް އެ ފަރާތުން މައުލޫމާތު ދެއްވައެވެ.
ށ އަތޮޅުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ނަރުދޫ އެކަނި ކަމަށާއި އެހެން ހުރިހާ ރަށެއްގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައި ވާކަން އޭނާ ވަނީ ތަކުރާރުކޮށް ފާހަގަ ކޮށްފައެވެ. ނަމަވެސް ހުކުރު ނަމާދު ކުރި ފަހުން އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް އެޗްޕީއޭން އަންގާ ލިޔުން ދީފައިވާ ކަމަށްވެސް އޭނާ ބުނެއެވެ. މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
މިގޮތަށް އަމަލު ކުރެވެމުން ދާއިރު، އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ޖަމާއަތުގައި ނަމާދު ކުރުމަށް ބައެއް ރަށްރަށުގެ މިސްކިތްތައް ހުޅުވާލާފައެެވެ. އެއީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށް ކަމަށް ރޭ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ. ނަމަވެސް އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ "ރާއްޖޭގައި ފުރަބަންދުގެ ހާލަތުގައި ހުރި ރަށްރަށާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގެ މިސްކިތްތައް ޖަމާއަތުގައި ނަމާދު ކުރަން ހުޅުލާލާ" ކަމަށެވެ.
ށ.އަތޮޅުން ކޮވިޑް ފެނުމަކީ ސަރުކަރުން އިތުރަށް ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމެއް.