ފަސޭހަކަމާއިއެކު، ގޭގައި ތިއްބަވައިގެން މިއަހަރުވެސް އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ.

ކޮންމެ އަހަރެއްގެވެސް ފިތުރު އީދުގެ ކުރިން، ޒަކާތުގެ ވާޖިބު މުސްލިމުން އަދާކުރަންޖެހެއެވެ. ވޭތުވެ ދިޔަ އަހަރެކޭ އެއްފަދައިން، ގޭގައި ތިއްބަވައިގެން ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ ފަހިކޮށްދީފައެވެ.

އުރީދޫން ވަނީ މިއަހަރުގެ ރަމަޟާން މަހު، ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ މި ފުރަބަންދުގެ ދުވަސްވަރުގައި ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އުރީދޫން ވަނީ އިލްތިމާސްކޮށްފައެވެ.

އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް، ޖެހެނީ އެމް-ފައިސާ އަށް ލޮގިންވެ، ސާވިސަސް އިން 'ފިތުރު ޒަކާތް' ނަގާ، ޒަކާތް ދެއްކެވުމަށް ބޭނުންވާ ބާވަތް އިހްތިޔާރުކުރަންށެވެ. އަދި ފައިސާ ދައްކާ ފަރާތުގެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު، ޕޭމަންޓް ކޮންފާމް ކުރުމުން، އެމް-ފައިސާ މެދުވެރިކޮށް މިމަހު 21 ވަނަ ދުވަހުގެ ހަވީރު 6.00 ގެ ކުރިން ޒަކާތް ދެއްކޭނެއެވެ.

އުރީދޫން ބުނީ ޒަކާތުގެ އިތުރުން، ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އެމް-ފައިސާގެ އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުމާއި، އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުމާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުން ހިމެނެއެވެ.

އެމް-ފައިސާގެ މި ހިދުމަތްތަކާއި އޮފަރތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫއިން މަރުހަބާކިޔައެވެ. އެމް-ފައިސާ އަށް ރެޖިސްޓާކުރުމަށް ޖެހެނީ އުރީދޫ އެޕް ޑައުންލޯޑްކޮށް، އެމް-ފައިސާ ހިޔާރުކުރުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލާށެވެ. އަދި މައުލޫމާތު ފުރިހަމަކުރުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރުމަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމަށްފަހު މޮބައިލް ނަންބަރު ޖަހާ ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހާށެވެ. ދެން، ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށްފަހު ކުރިން ޖެހި ޕިން ނަންބަރު ޖެހުމުން، ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނެއެވެ.

މީގެ އިތުރުން ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެމް-ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.