އައްޑޫ ސިޓީގެ 3އެސް ސުޕަމާޓް ޖޫރިމަނާކުރި ފައިސާއަށްވާ ކާނާ އައްޑޫ ރައްޔިތުންނަށް ބެހުމަށް ނިންމައިފިއެވެ.
3އެސް ސުޕަމާޓުން ބުނީ، ކޮވިޑް-19ގެ ދަތި ދުވަސްފަރު އައްޑޫ ސިޓީގެ ރައްޔިތުންނަށް ހިދުމަތް ކުރަމުން ދަނިކޮށް އައްޑޫ ސިޓީ ކައުންސިލުން ކުުރި އިއުލާނަކާ ގުޅިގެން އެ ސުޕަމާޓް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ޖޫރިމަނާކުރި 5000 ރުފިޔާ އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) ގެ ނައިބު ރައީސް އަހްމަދު ޝަރީފް ވަނީ އެ ސުޕަމާޓާ ހަވާލުކުރައްވައިފައި ކަމަށް ވެސް 3އެސް އިން ބުނެއެވެ. އެ ސުޕަމާޓުން ބުނީ، އެ ފައިސާގެ އަދަދަށްވާ ކާނާގެ ބާވަތްތައް އެންމެ ބޮޑަށް ކާނާގެ އެހީތެރިކަން ބޭނުންވާ އެ ސުޕަމާޓްގެ ހިތަދޫ އަދި ފޭދޫގެ ކަސްޓަމަރުންނަށް ހިލޭ ބެހުމަށް ޝަރީފް އެދިވަޑައިގެންފައިވާ ކަމަށެވެ. 3އެސް އިން ވަނީ މިކަން ކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެ ސުޕަމާޓުން ބުނެއެވެ.
މިކަމާ ގުޅިގެން އޭޑީސީން ބުނީ، ވިޔަފާރިވެރިޔާ އަދި އޭނާގެ ބްރޭންޑްގެ އަގުވެއްޓޭ ގޮތަށް މީޑިއާއަށް ހަބަރުދީ، ހަރުކަށި ފިޔަވަޅު އެޅުމަކީ ވަރަށް ވެސް ހިތާމަވެރިކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަން ޖެހޭ ކަމަށް ވެސް އޭޑީސީން ބުނެއެވެ.
އޭޑީސީން ބުނީ، އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނާ ހިލާފަށް 3އެސްއިން އަމަލުކޮށްފައިވާ ވަގުތަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް އައްޑޫ ސިޓީން ލޮކްޑައުން ކުރަން އަންގާފައިވާ ވަގުތެއްތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އެ ކޮމިޓީން ބުނީ އައްޑޫގައި ގާއިމު ވެ ތިބެ ހިދުމަތް ދެމުންދާ ވިޔަފާރިވެރިން މާޔޫސްވާފަދަ އަމަލުތައް އޭޑީސީން ބަލައި ނުގަންނާނެ ކަމަށެވެ. އަދި އައްޑޫގެ ވިޔަފާރިތައް ހިމާޔަތް ކުރުމަކީ އެ ކޮމިޓީން ވަރަށް އިސްކަންދޭ ކަމެއް ކަމަށް ވެސް އޭޑީސީން ބުނެއެވެ.
އައްޑޫ ސިޓީ ކައުންސިލުން 3އެސް ސުޕަމާޓް ޖޫރިމަނާކޮށްފައި ވަނީ އައްޑޫގެ ފިހާރަތަކުން ހަމައެކަނި ޑެލިވަރީގެ ހިދުމަތްތައް ދިނުމަށް އަންގާ އެ ކައުންސިލުން އިއުލާނެއްކޮށްފައި ވަނިކޮށް 3އެސް އިން އާންމުކޮށް ފިހާރަ ހުޅުވާލައިގެންނާއި ޓޭކްއަވޭގެ ގޮތުގައި އެ ފިހާރައިން ހިދުމަތް ދިން ކަމަށް ބުނެއެވެ.
ތިޔަ ކުރެވުނީ ވ. މޮޅު ކަމެއް. ކުށަށް އަރައިގަތުމަށް ހިތްވަރެއް. އައްޑު ވިޔާފާރިއަށް ތަމެންނަ ކޮށްދެވޭހާވެސް ކަމަ ކީ ފިތުނަ ފުރޮޅާލުން. މާ ޖަޒުބާތުވާނެ ކަމެއްނެތް.