އައްޑޫ ސިޓީން ބަލިވެގެން މާލެއަށް ގެނައި މީހާ އުފުލި އެމްބިއުލާންސުގައި ކިޑްނީ ބައްޔަށް ފަރުވާ ކުރަމުން ދިޔަ މީހަކުވެސް އުފުލި ކަމަށާ، އޭނާ އަނބުރާ އައްޑޫ ސިޓީއާށް ގެންދިޔަ ކަމަށް އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
ފޭސްބުކް ލައިވް މެދުވެރިކޮށް މައުލޫމާތު ދެއްވަމުން އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ފަރާތުން ބުނީ، ރޭ މާލެއަށް ގެނައުމަށް ފުރުވާލަން އެއާޕޯޓަށް ގެންދިޔަ ބަލި މިހާ ގެންދިޔަ އެމްބިއުލާންގައި އެއާޕޯޓުގައި ހުރި ބަލި މީހަކު އިކުއިޓޯރިއަލް ހޮސްޕިަތަލަށް ގެންދިޔަ ކަަމަށެވެ. އެހެން އެކަން ކޮށްފައިވަނީ އައްޑޫއިން މާލެއަށް ފުރުވާލި ބަލި މިހާއަކީ ކޮވިޑް ގެ އަލާމާތް ހުރި މީހެއް ކަމަށް އޭރު ނޭނގޭތީ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
"ރޭ ފުރުވަން ހަމަޖެހިފައި އޮތް 2 ޕޭޝަންޓުންގެ ތެރެއިން ކިޑްނީ ބައްޔަށް ފަރުވާ ކުރުމަށްޓަކައި މާލެ ފޮނުވާލަން ޖެހުނު ޕޭޝަންޓް އަނބުރާ ހޮސްޕިޓަަލަށް ގެންނަން ޖެހުނު. އެ އެމްބިއުލާންސްގައި މިކޮޅަށް ގެނައީ. އޭރު އަޅުގަނޑުމެންނަކަށް ނޭނގޭ މި ބަލި މީހާ އަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި ބަލި މީހެއް ކަމެއް. އެހެންކަމުން މިހާރު އެ ޕޭޝަންޓްވެސް ހާއްސަ ހާލަަތަށް ގެނެސްގެން މޮނިޓަރިންގަ ގެންގުޅެމުން މިދަނީ" އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.
އައްޑޫއިން މާލޭގައި ހުރި އައިޖީއެމްއެޗަށް ގެނައި ބަލި މީހާ ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު އައްޑޫ ސިޓިގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަމަށް ބެލެވި މިހާރު މުޅި އައްޑޫ ސިޓީ ވަނީ ލޮކްޑައުނަކަށް ގެންގޮސްފައެވެ. މިހާރު އައްޑޫގައި ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން މިހާރު އިކުއިޓޯރިއަލް ހޮސްޕިޓަލުން 7 ޑޮކްޓަރުންނާއި 10 ނަރުހެއް ވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފެނިފައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އަދި މި ދަނޑިވަޅުގައި އައްޑޫގައި ކޮވިޑަށް ޓެސްޓު ކުރެވޭ ކެޕޭސިޓީ އިތުރު ކުރަން ބޭނުންވާތީ ކަމާބެހޭ ފަރާތަތަކާ ވާހަކަ ދައްކައިގެން ޓެސްޓު ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.