އެއް އަހަަރުން ދަށުގެ ތުއްތު ކުއްޖެގެ ސާމްޕަލް ދިނުމަށް ދެކޮޅު ހެދި ބެލެނިވެރިންގެ މައްޗަށް ކޯޓު އަމުރެއް ނެރެފިއެވެ.
ސިވިލް ކޮޓުން ބުނީ، ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް 1 އަހަރު ނުވާ ދިވެހި ތުއްތު ކުއްޖެއްގެ ގައިން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވާ ކުއްޖާގެ މައިންބަފައިންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށެވެ. އެ ކުއްޖާގެ ސާމްޕަލް ނެގުމަށް މަގު ފަހި ކޮށް ދިނުމަށް އެދި އަމުރެއް ނެރެފައިވާ އިރު އެ އަމުރުގައި އެ ކުއްޖާގެ ސާމްޕަލް ދިނުމަށް އެބާރުލުން ދީ ހުރަސް ނޭޅުމަށް ވެސް އަންގާފައި ވެއެވެ.
ހަމައެއާއެކު އެޗްޕީއޭއިން ކޮށްފައިވާ އަމުރު ތަންފީޒުކޮށް އެކަމުގައި ޝާމިލުވާ ފަރާތްތަކަށާއި ފުލުހުންގެ މައްޗަށް ރޭގެ ވަގުތެއްގައި އިތުރު އަމުރެއް ނެރެފައިވާ ކަމަށް ވެސް ސިވިލް ކޯޓުން ބުނެއެވެ.
ކުޑަކުއްޖެގެ ގައިން ކޮވިޑަށް ސާމްޕަލް ނަގަން ދެކޮލޫ ހެދި ބެލެނިވެރިންގެ މައްޗަށް ކޮޓު އަމުރެއް ނެރެނ ޖެހުނު މީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޯޓު އަމުރު ނެރެފައިވަނީ ކަރަންޓީން ފެސިލިޓީތަކަށް ދިއުމަށް ދެކެޅު ހެދި މީހުންނަށާއި ސާމްޕަލް ދިނުމަށް ދެކޮޅު ހެދި މީހުންނަށެވެ.
އެގޮތުން ރޭގެ ވަގުތެއްގައި ސާމްޕަލް ދިނުމަށް ދެކޮޅު ހެދި ހަތަރު މީހެއްގެ މައްޗަށް ވަނީ ކޯޓު އަމުރެއް ނެރެފައެވެ.