ތ. އަތޮޅު މަޑިފުށީގައި ރުކަކަށް އަރާ އުނުނު މީހަކު ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ފަހު ހިނފި މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، މިހާދިސާގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު ފަހު 2 ޖެހި އިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ ރުކުން ވެއްޓި އަނިޔާވި މީހާ މަރުވީ މަޑިފުށި ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މިއީ މިފަހުން މިފަހަ ހާދިސާއެއް ހިނގައިގެން ރިޕޯޓު ކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރުކުއެޅުން ނުވަތަ ރުކަށް އެރުމަކީ އާންމު ކަމެކެވެ. އާންމުކޮށް ރުކަށް އަރަން ދިވެހިން ބޭނުން ކުރަނީ ޅާނބެވެ.