ނޭޝަނަލް އެމަޖެންސީ ސެންޓަރަށް ބޭނުންވާ އެމަޖެންސީ ވެންޓިލޭޓަރެއްް އެމް.އެން.ޑީ.އެފް އިން އުފައްދައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ވެންޓިލޭޓާރުގެ އުފެއްދުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް ސާވިސް ކޯޕްސް ގެ ސިގްނަލްސް އިން ފެށީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

ހަލާކުވެފައިވާ ބައެއް އިލެކްޓްރޯނިކް އިކުއިޕްމަންޓްސްގެ ބައިތައް ބޭނުން ކޮށްގެން މި ވެންޓިލޭޓަރުގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ނިންމާފައިވާ

އެމްއެންޑީއެފުން އުފެއްދި ވެންޓިލޭޓަރު

ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ތައްޔާރު ކުރެވުނު އެމަޖެންސީ ވެންޓިލޭޓަރަކީ ޕްރޮޓޯޓައިޕް އަކަށް ވުމުން މިފަދަ މެޑިކަލް ޑިވައިސްތައް ބޭނުން ކުރުމުގެ ކުރިން ހަމަޖެހިފައިވާ އުސޫލުން ޓެސްޓްތަކާއި ޓްރައަލްސްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިަވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެެވެ.

މިއަދު ބީކޭ އޮޑިޓޯރިއަމްގައި ވެންޓިލޭޓަރު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް އަދި ވައިސްޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.